ދިވެހި ނޫސްވެރިންގެ އެވޯޑު ހަފުލާ މި އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
އެމްއޭސީން މިއަދު ބުނީ މިދި އަހަރުގެ އެވޯޑްތަކަށް މިއަހަރު 40 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން އުންމީދީ ނޫސްވެރިއާގެ އެވޯޑަށް ފަސް މީޑިއާއަކުން ފަސް ނޫސްވެރިޔަކު ވާދަކުރެ އެވެ.
މީގެ އިތުރުން ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅުވައި އެވޯޑް ދީ ނިމިފައި ވަނިކޮށް އަލުން ހުޅުވާލައިގެން އެ އެވޯޑަށް 29 ފަރާތަކުން ނަން ހުށަހަޅާފައި ވެއެވެ.
މި އަހަރުގެ އެވޯޑުގައި ޖުމްލަ 13 ދާއިރާ އަކުން ފުރުސަތު ހުޅުވާލާފައިވެ އެވެ.