ހަބަރު

އޭސީސީ މެންބަރު ކަމަށް ޝަކީލް އައްޔަން ކުރައްވައިފި

Aug 25, 2019

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް ދަފުތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް އައްޔަން ކުރައްވައިފި އެވެ.

އޭސީސީ މެންބަރު ކަމަށް ޝަކީލް އައްޔަން ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އެ ކޮމިޝަން މެންބަރު ކަމުގެ ލިޔުން ޝަކީލަށް އަރުވައިފަ އެވެ.

ޝަކީލް އެންމެ ފަހުން އަދާ ކުރެއްވީ ވަޒީފާއަކީ ދިރާގުގެ އިންޓާނަލް އޮޑިޓާއެއްގެ މަގާމެވެ. އޭގެ ކުރިން އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސާ އިންޗާޖުގެ މަގާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަގާމުތަކާއި ޔޫއެންޑީޕީގެ އެކި މަގާމުތައް އަދާ ކުރައްވާފައިވެ އެވެ.

ޝަކީލް ވަނީ ކޮންޕިއުޓާ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާސިލް ކުރައްވާފަ އެވެ.