އީރާން

އިރާނުން އެމެރިކާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިރާން ސަރުކާރުން އެމެރިކާގެ އަސްކަރިއްޔާގެ ދަށުން ހިންގާ ދަ ފައުންޑޭޝަން ފޯ ޑިފެންސް ޑިމޮކްރަސީ (އެފްޑީޑީ) އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އިރާނުން އެފްޑީޑީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ، އެފްޑީޑީން އިރާނުގެ އިގްތިސޯދާއި އަދި އެގައުގެ ސަރުކާރާއި ރައްޔިތުން ހިމެނޭ ގޮތަށް ދޮގު މައުލޫމާތެއް ހާމަކުރި ކަމަށް ބުނެ އެވެ. އެފްޑީޑީއާ ދެކޮޅަށް އިރާނުން އަޅާފައިވާ ފިޔަވަޅުތަކެއް އަދި އާންމުކޮށް އަންގާފައެއް ނުވެ އެވެ. އިރާނުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އެފްޑީޑީއަކީ، އިރާންގެ އިގްތިސޯދު ނައްތާލަން އުޅޭ "އިގްތިސާދީ ޓެރަރިސްޓެ"ކެވެ.

އެފްޑީޑީން މައުލޫމާތުތަކެއް ހާމަކޮށްފައި މިވަނީ، އިރާން ސަރުކާރުން، އެ ގައުމުގެ ޗައިނާ ފަތުރުވެރިންނަށް އަމާޒު ކޮށްގެން ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފަށާފައި ވަނިކޮށެވެ.

އިރާނުގެ ފޮރިން މިނިސްޓްރީން ބުނީ، މީގެ ކުރިން ގައުމުތަކުގެ ސަރުކާރުން ދެކެނީ އިރާނުގެ ސަރުކާރަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ވިޔަސް، އެފްޑީޑީން އާންމު ކުރި މައުލޫމާތުގެ ސަބަބުން، ސަރުކާރަށް ކުރެވޭ އިލްޒާމުތަަށް މިހާރު ރައްޔިތުންނަށް ވެސް ކުރެވޭ ކަމަށެވެ.

އެމެރިކާއިން ވަނީ އިރާންގެ ސަރުކާރުން އެ ގައުމުށް އެޅި ފިޔަވަޅުތައް ސީރިއަސްކޮށް ނަގާނެ ކަމަށް ބުނެ އިރާނަށް އިންޒާރުދީފަ އެވެ. އަދި އިރާން ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ބުނެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ސްޕޯކްސްވުމަން މޯގަން އޯޓަގަސް ވިދާޅުވީ، އިރާންގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތަށް އެޅީ، އިރާން ރައްޔިތުންގެ ދިފާއުގައި ކަމަށް ބުނެ، އެމެރިކާގެ ރައްޔިތުން ނުރައްކަލަށް ވައްޓާލަން ކަމަށެވެ. އެހެންކަމުން އިރާނަށް ހަމަޖެހިލައިގެން ނުޅެވޭނެ ކަމަށް ވެސް މޯގަން ވަނީ ވިދާޅުވެފަ އެވެ.