ސައިންސް

ޓައިޓަންގެ ސިއްރުތައް ނުހޯދި އިތުރު އޮޅުންތަކެއް!

ހަނދާ އެއް ހަމައެއްގައި ސައިންސްވެރިން ގިންތި ކޮށްފައިވާ "ޓައިޓަން" އާ ބެހޭގޮތުން މިހާތަނަށް ސައިންވެރިން ހޯދާފައިވާ މައުލޫމާތުތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ މައުލޫމާތަށްވެ ޓައިޓަންއަކީ މިހާރު ދިރާސާކުރަން އެންމެ އުނދަގޫ ޕްލެނަޓަށް ވެއްޖެ އެވެ. ޓައިޓަން ހޯދާފައިވަނީ 1655 ވަނަ އަހަރު އެވެ. އެއަށްފަހު ޒަމާނީ ސައިންސްގެ އަލީގައި އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސައިންވެރިން ވަނީ ޓައިޓަން އާ ބެހޭގޮތުން ހޯދުންތަކެއް ހޯދާ ހާމަކޮށްފަ އެވެ. މި ހޯދުންތަށް މިހާރު ވެސް ނާސާގެ ވެބްސައިޓުންނާއި ޖައްވީ މައުލޫމާތު ގެނެސްދޭ ވެސް ސައިޓުތަކުގައި އެބަހުއްޓެވެ.

ކޮންމެ އަހަރަކު ޖައްވީ ހޯދުންތައް ހޯދަން އެތަކެއް ޓެކްނެލޮޖީއެއް ބޭނުން ކޮށްގެން ދިރާސާކުރާ އުޅަނދުތައް އުފައްދަ އެވެ. މިހުރިހާ އެއްޗެއް ކޮންޓްރޯލް ކުރަނީ، އެ އުޅަނދެއް ޖައްވަށް ފޮނުވާ ގައުމުތަކުގެ ސްޕޭސް އެޖެންސީތަކުންނެވެ.

އެގޮތަށް ނާސާގެ ޓީމުތަކުން ވެސް ޓައިޓަން ދިރާސާކުރަން ޖައްވީ އުޅަނދު ފޮނުވި އެވެ. ޖައްވީ ހޯދުންތަކުން އެނގުނު ގޮތުގައި ޓައިޓަން އޮންނަނީ ހަނދަށް ވުރެ ވެސް އެތަކެއް ކިލޯމީޓަރެއް ދުރުގަ އެވެ. ދިރާސާތައް ކުރުމަށް ފޮނުވާލާ އުޅަނދުތަކަކީ އެޑްވާންސް ތަކެއްޗަށް ވުމުން، އެއްކުރާ މައުލޫމާތު ދޮގު ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފަ އެއް ނުވެ އެވެ.

ނަމަވެސް މީގެ ހަފުތާއެއް ކުރިން ނާސާގެ ސައިންސްވެރިން ބުނީ، އެމީހުން ޓައިޓަން ދިރާސާ ކުރަން ފޮނުވި އުޅަނދަށް މައްސަލަތަކެއް ދިމާވެފައިވާ ކަން އެނގިފައި ވެއެވެ. އެކަމަކު މައްސަލަ ދިމާވި ވަކި އަހަރެއް ނުބުނެ އެވެ. އަދި މިހާރު ޓައިޓަން އާ ބެހޭގޮތުން ހޯދުނު ބައެއް މައުލޫމާތު ސައްހަ ނޫންކަމަށް ވަނީ ބުނަން ފަށާފަ އެވެ.

ގިނަ މައުލޫމާތު ނާސާއިން ދޮގު ކުރި ނަމަވެސް، ޖައްވީ ހޯދުންތަކުގެ ހެކީގައި ޔަގީން ކުރެވިފައިވާ ބައެއް މައުލޫމާތު ފަހުން ނާސާގެ ވެބްސައިޓުން ވަނީ އާންމުކޮށްފަ އެވެ. އެކަމަކު މިކަން ނާސާ ނޫން އެހެން އެއްވެސް ޖައްވީ އެޖެންސީއަކުން ގަބޫލެއް ނުކުރެ އެވެ. އެއީ އެ އެޖެންސީތަކުން ވެސް ޓައިޓަންގެ ހަގީގަތް ދެނެގަތުމަށް ދިރާސާ ކުރަމުން ދާތީ އެވެ. މިހާތަނަށް ދިރާސާ ކުރެވިފައިވަނީ ޓައިޓަންގެ ވަރަށް ކުޑަ ތަންކޮޅެކެވެ.

ދިރާސާތައް ބުނާ ގޮތުން ޓައިޓަންގެ ބިމަކީ ދުނިޔޭގެ ބިމުގައި ހުންނަ ފަދަ ޗަކަ އެކުލެވިގެންވާ ތަނެކެވެ. އަދި ހައިޑްރޯކާބޮން ގިނަ އަދަދަކަށް އެކުލެވިގެންވާ ތަނެކެވެ. އެހެން ގޮތަކަށް ބުނާނަނަ ހައިޑްރޯކާބަންގެ ކުޅިތަކެއް ޓައިޓަންގައި ހުރެ އެވެ. މި ކުޅިތައް އުފެދެން ދިމާވި ސަބަބެއް ވެސް އަދި ޓައިޓަންގައި އޮލަ ޗަކަ ހުންނަން ޖެހޭ ސަބަބެއް ވެސް އަދިއެއް ނޭނގެ އެވެ.

ޓައިޓަން ގިންތި ކުރާ ހަނދުގައި ވެސް ހިމެނެނީ މިދަފަ ޒާތެއްގެ އޮލަ ޗަކަ އެވެ. އެކަން އެގުނީ އެޕޯލާ 11 ގައި ހަނދަށް ދިޔަ އެސްޓޮރޯނޮޓުން ލައިގެން ހުރި ސޫޓުގެ ބޫޓުގެ ޕްރިންޓެއް ހުރި ފޮޓޯ އެއް އާންމު ކުރުމުންނެވެ. ހަނދުގައި މިޗަކަ ހުންނަނީ ހަނދުގައި ގްރެވިޓީ އަދި ވައި އެއްވެސް ވަރަކަށް ނުހިމެނޭތީ އެވެ.

ޓައިޓަން ތަފާތެވެ. ޓައިޓަން ގައި ނުރައްކާތެރި ގޮތަކަށް ބާރު މިނުގައި ވައި ޖެހޭ ކަމަށްވެ އެވެ. އެ ވައިގައި އެކުލެވެނީ ނުރައްކާތެރި ގޭހުގެ ބާވަތްތަކެވެ. ހަނދުގައި ހިލައިގެ ފަރުބަދަ ހުރި ކަމުގައި ވިޔަސް ޓައިޓަންގައި ހުންނަނީ ގަނޑު ފެނުގެ ފަރުބަދަތަކެވެ. ބަލާބެލުމަށް ހީވާނީ ޗަކަ ބިމެއްގައި އުފެދިފައި ހުންނަ ގަނޑުފެނުގެ ފަރުބަދަތަކެއް ހެންނެވެ. މިއީ ނާސާގެ ސައިންސްވެރިންގެ މައުލޫމާތު ކުށްކޮށް، އެހެން ދިމާކަށް ވިސްނުން އަނބުރާލި ކަމަކެވެ.

ސަބަބަކީ ޓައިޓަންގެ ބިމުގެ ސަރަހައްދާއި އެންމެ ކައިރިކޮށް ވެސް ބިމުގެ ސަތަހަ ހުންނަނީ ޕުލޫޓޯގައި ކަމަށް ވުމުންނެވެ. ހޯދުންތަކުން ދައްކާގޮތުގައި ޕުލޫޓޯއަށް ވާރޭ ވެހޭއިރު، ވިހަ ގޭހެއްގެ ސަބަބުން ވާރޭ ފެންތިކިތައް ޑައިމަންޑަށް ބަދަލުކޮށްލަ އެވެ. ޕުލޫޓޯގެ ބިމާ ހަމައަށް މި ޑައިމަންޑްތައް ފޯރުމުގެ ކުރިން ވިހަ ގޭހުގެ ސަބަބުން ޑައިމަންޑުތައް ވިރިގެންދެ އެވެ. މިއީ ޓައިޓަން ގިންތި ކޮށްފައިވާ ހަނދުގެ ޕްލެނެޓުތަކުގައި އެއްވެސް ވަރަކަށް ހިނގާ ކަމެއް ނޫނެވެ. ނާސާގެ ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ބައިނަލްއަގްވާމީ މުޖްތަމާއާ ގުޅިގެން ހަނދު ގިންތިކޮށްފައިވާ އުސޫލު ބަދަލު ކުރާށެވެ.

ނާސާއާ ގުޅިގެން ޓައިޓިންގެ ގިންތި ބަދަލު ކުރަން މިހާތަނަށް ޝައުގެވެރިކަން ފާޅު ކޮށްފައިވަނީ ޔޫރަޕިއަން ސްޕޭން އެޖެންސީ އެކަންޏެވެ. އެހެން އެއްވެސް ބަޔަކު އަދި އެކަމާ ގަބޫލެއް ނުވެ އެވެ. ގިންތި ބަދަލު ކުރުމުގައި ނާސާ އަދި ޔޫރަޕިއަން ސްޕޭސް އެޖެންސީން ގުޅިގެން ޓައިޓަންގެ އިތުރު ދިރާސާތަކެއް ކުރާނެ އެވެ. މި ދިރާސާގެ ބޭނުމަކީ ޖައްވީ ހޯދުންތަކުގައި ބޭނުންކުރާ ޖައްވީ މައި ބޭސް އަކީ ޓައިޓަން އަށް ހަދާނެ ގޮތެއް ހޯދުމެވެ.

މިކަން ކުރުމާ މެދު ޖައްވީ ހޯދުންތަށް ހޯދާ އެހެން ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. ސަބަބަކީ ބޭސް އެއް ހަދާނަމަ ޓައިޓަންގައި ހުންނަ ކްރައިއޯވޮލްކެނޯސް ނުވަތަ ގަނޑުފެނުގެ ފަރުބަފަ ހަލާލުކޮށްލަން ޖެހޭތީ އެވެ. މި ގަނޑު ފެން ތަކުން ދިރުމެއް ފެނުމުގެ ފުރުސަތު އެބޮއޮތް ކަމަށް ޔަގީނާއި ގާތަށް ރަޝިއާގެ ޖައްވީ އިދާރާގެ ސައިންސްވެރިން ދަނީ ބުނަމުންނެވެ. އެއީ ޓައިޓަންގައި ދިރޭ ތަކެއްޗަށް އެކަށީގެންވާ ވަރަށް އޮކްސިޖަން އެކުލެވިގެންވާތީ އެވެ.

ނަމަވެސް މިތަނުން ދިރުމެއް ފެނުނު ކަމުގައި ވިޔަސް، އެ ދިރުން ދުނިޔޭގެ އުޅޭ ދިރުންތަކާއި ތަފާތު ވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އޮކްސިޖަނާއި އެއްވަރަށް ޓައިޓަންގައި ނައިޓްރޯޖަން އަދި ހައިޑްރޯކާބަން އެކުލެވޭތީ އެވެ. މީގެ އެތަކެއް މިލިއަން އަހަރުތަކެއް ކުރިން ޓައިޓަންގައި ދިރުންތައް އެކުލެވޭކަމަށް ނާސާއިން ވެސް ވަނީ ބުނެފަ އެވެ. އެއީ ޓައިޓަން ޖައްވީ ވިހައަކަށް ވުމުގެ ކުރިން އެތަނަށް ސާފު ވާރޭ ފެން ވެހިފައިވާ ކަމުގެ ހެއްކާއި، ބޮޑެތި ކޯރުތައް ހުރި ކަމުގެ ހެކި ލިބިފައިވާތީ އެވެ.