ހަބަރު

މޫސުމީ ބަދަލުތަކާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

Aug 27, 2019
ވޯކްޝޮޕް އިފްތިތާހުކޮށްދެއްވީ އެންވާރަމަންޓް މިނިސްޓަރު ފޮޓޯ: އެންވާރަމަންޓް
0%
0%
0%

އުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން "ވޯކްޝޮޕް ޓު މެކްސިމައިޒް ދަ ޕޮސިޓިވް އެންޑް މިނިމައިޒް ދަ ނެގެޓިވް އިމްޕެކްޓްސް އޮފް އިމްޕްލިމެންޓޭޝަން އޮފް ކްލައިމެޓް ޗޭންޖް ރެސްޕޯންސް މެޝާސް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

މިއަދު ހެނދުނު ފެށި މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގައުމުތަކުން ހިންގާ އެކިއެކި މަޝްރޫއުތަކުގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ، އެފަދަ އަސަރުތަކާއި ގުޅޭގޮތުން މެމްބަރު ގައުމުތަކުގެ މެދުގައި މަޝަވަރާކޮށް ހިޔާލުބަދަލުކުރުން ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.

ވޯކްޝޮޕްގައި 40 ގައުމަކުން މަންދޫބުން ބައިވެރިވޭ ފޮޓޯ: އެންވާރަމަންޓް

އަދި، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތައް ގުޅިގެން މެމްބަރު ގައުމުތަކުގައި ހިންގާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އިންސާނި ވަސީލަތް ތަރައްގީ ކުރުމާއި މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ބައްދަލުވުމުގެ އަމާޒެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސާޅިސް ގައުމަކުން މަންދޫބުން ބައިވެރިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345