ހަބަރު

ވަގަށް އެތެރެކުރި އުޅަނދުތަކެއް ކަސްޓަމުން އަތުލައިފި

Aug 27, 2019

ދެ ކޮންޓެއިނަރެއްގައި ރާއްޖެއަށް ވަގަށް އެތެރެ ކުރި 21 އުޅަނދެއް ކަސްޓަމްސްއިން އަތުލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އަތުލައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ދެ ކޮއިންޓެއިނަރަކުން އެތެރެ ކުރި ތިން ކާރަކާއި ދެ ޕިކަޕަކާއި ދެ ވޭނާއި 14 ސައިކަލު ކަމަށެވެ. އެ ތަކެތި ރާއްޖެއަށް އެތެރެ ކުރީ ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ކަމަށް ވެސް ކަސްޓްމްސް އިން ބުންޏެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެ އުޅަނދުތަކުގެ ސީއެންޑްއެފްގެ އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެ ފައިސާ ދައުލަތަށް ލިބެން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ފުލުހުންނާއި ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.