ހަބަރު

ބްރޯޑްކޮމްގެ ދެ މަގާމަށް 36 ބޭފުޅަކު ކުރިމަތިލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 36 މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ފުރުސަތު ހުޅުވާލާފައިވާއިރު އެ ކޮމިޝަނުގެ ކުރީގެ މެމްބަރު އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހު މިދިއަ މެއި މަހު އިސްތިއުފާ ދެއްވާފައިވެ އެވެ. އެ ދެ ބޭފުޅުން ކޮމިޝަނުން އިސްތިއުފާ ދެއްވީ، ކޮމިޝަންގެ ވަކިވަކި މެންބަރުންގެ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.

އޭގެ އިތުރުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ ވެސް އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކޮށްފިނަމަ އެވެ.

ބްރޯޑްކޮމަށް އައްޔަން ކުރަން ފޮނުވި ނަންތައް

  • ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
  • މުހައްމަދު ހިލްމީ،
  • އަހުމަދު ގައިސް، ސަނީޑެއިލް، ގދ. ތިނަދޫ
  • އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
  • އާމިލާ އާދަމް، މއ. އަޅިފެހި
  • އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
  • ޖައުފަރު ރަޝީދު، ފަތަކުމާގެ، ފ. ދަރަނބޫދޫ
  • އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
  • ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
  • ނަފީޒު މުހައްމަދު، ދަފްތަރު ނަންބަރު 14596
  • އަބްދުއް ލަތީފް އަހްމަދު، ދަފްތަރު ނަންބަރު 2345
  • ޔުސްރާ އަހުމަދު، ޖަނބުރޯޒްގެ، ގދ. މަޑަވެލި
  • އަހްމަދު އަޝްރަފް، ވ. މަށިވެލި
  • އަބްދުﷲ ރައްޔާން، ވައްތީނިގެ، ހދ. ކުޅުދުއްފުށި
  • އާއިޝަތު ލީޒާ، ލޯރަލްއާގެ، ނ. ވެލިދޫ
  • އަހްމަދު ޔަމާން މުޝްތާގު، މ. ބިއުޓީން ހައުސް
  • މޫސާ ރިލްވާން، މ. ހާވިލާ
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • މުއުމިނާ އާދަމް، ގ. ހާފްޝީ
  • އަލީ ސަމްއާން، ދަފްތަރު ނަންބަރު 5312
  • އަހްމަދު މައުރޫފް، ނިއުލައިޓް، ލ. ކަލައިދޫ
  • އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ
  • ފާތިނާ ގާސިމް، ދަފްތަރު ނަންބަރު 4055
  • މުހައްމަދު ޝައްމޫން، މ. ވަސެލް
  • ހިދާޔަތުﷲ، އޯޝަންރީޑް، ގދ. ތިނަދޫ
  • އައިޝަތު ތަޝްކީލް، މއ. ކަނޑުބަލާގެ
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮނދި
  • މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ
  • އަލީ ސައީދު، ބޭބީ ހައުސް، ޅ. ނައިފަރު
  • މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
  • އިބްރާހިމް ހަމްޒާ ޚަލީލް، ގ. ސުރުމުތި
  • މުހައްމަދު އިބްރާހިމް މަނިކު، ކުޅިފަސް، ތ. ތިމަރަފުށި
  • މަރިޔަމް ސައާދާ، ނަޝޭމަން، ރ. އުނގޫފާރު
  • އާފިޔާ އަބްދުލް އަޒީޒް، ދަފްތަރު ނަންބަރު 8946
  • އިބްރާހިމް ނަޝީދު، މ. އިރުވައިގެ
  • މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. ހިތަދޫ