ހަބަރު

ހޮޓެލް އޭޝިއާގެ ކަލްނަރީ ޗެލެންޖް އަންނަ އޮކްޓޯބަރު ގައި

ރާއްޖޭގައި ބާއްވާ ބޭރުގެ އެންމެ ބޮޑު އެއް ކެއްކުމުގެ މުބާރާތް، ހޮޓަލް އޭޝިއާ ކަލްނަރީ ޗެލެންޖު އަންނަ އޮކްޓޯބަރު މަހު ދަރުބާރުގޭގަ ފަށަން ތައްޔާރުވެއްޖެ އެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލްނަރީ ޗެލެންޖް 2019" ގެ މެއިން ސްޕޮންސަރު ބެސްޓް ބައި މޯލްޑިވްސް އިން ބުނީ މި މުބާރާތުން ކަލްނަރީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނު ކުރުމާއި ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

މި މުބާރާތުގެ ޖަޖިން ޕެނަލްގައި ހިމެނެނީ ރާއްޖެ އިން ބޭރުގެ ކަލްނަރީ ދާއިރާގެ ޝެފުންނެވެ. މުބާރާތުން އެންމެ މޮޅު ވަނަތައް ލިބޭ ފަރާތަތަކަށް ބީބީއެމްގެ ފަރާތުން ކަލްނަރީ ދާއިރާއިން ތަމްރީނު ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ޔޫރަޕުގެ އުފެއްދުންތައް ވިއްކާ ބީބީއެމް އިން މި މުބާރާތުގެ ތެރޭގައި އަލަށް ތައާރަފުކުރާ ދެ ޕްރޮޑަކްޓެއް ވެސް ދައްކާލާނެ އެވެ.

ކަލްނަރީ ޗެލެންޖް އޮންނާނީ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށަވެ.