ހަބަރު

ފަސް ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ހަވާލުކޮށްފި

ފަސް ރަށެއްގައި އައުޓްޑޯ ޖިމް ބެހެއްޓުމަށް ބޭނުންވާ ސާމާނު ޔޫތުމިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ޑަބްލިއު އެއްޗްއޯއިން ހަދިޔާކޮށްފައިވާ އައުޓްޑޯ ޖިމް ސާމާނުތައް ފަސް ރަށެއްގައި ބެހެއްޓުމަށްޓަކައި މިއަދު ވަނީ ހެލްތު މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއެ ކޮށްފަ އެވެ. އެގޮތުން އައުޓޯޖިމް މިއަހަރު ބަހައްޓަން ނިންމާފައިވަނީ، ތ.ތިމަރަފުށި، ށ.މިލަންދޫ، ހއ.ފިއްލަދޫ. އއ.ރަސްދޫ އަދި ބ.ތުޅާދޫ އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ގައުމަކަށް ހެދުމަށްޓަކައި، މިނިސްޓޮރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އިސްނަގައިގެން، ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 2018 އިން ފެށިގެން "25އަށް25" ގެ ނަމުގައި ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިނަށް އެހީތެރިވުމުގެ ގޮތުންއައުޓްޑޯރ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދަނީ ހަދިޔާ ކުރަމުން ކަމަށެވެ.

ޑަބްލިއުއެޗްއޯގެ އެހީގައި މިހާތަނަށް ރާއްޖޭގެ 10 ރަށެއްގައި އައުޓްޑޯރ ޖިމް ވަނީ ގާއިމު ކޮށް ނިފިފައިކަމަށާއި، މިއަހަރު ޖިމް ހެދުމަށް ނިންމާފައިވާ 5 ރަށުގައި ގާއިމްކުރެވޭ ޖިމް ތަކަށް ކަނޑައެޅިފައިވާ ސާމާނު ހެލްތު މިނިސްޓްރީއިން ޔޫތުމިނިސްޓްރީ އާއި ހަވާލުކުރުމުން، އެ އިންސްޓޯލްކުރުމާއި ޖިމްއާގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ އެމިނިސްޓްރީއާއި އެ ރަށެއްގެ ރަށު ކައުންސިލަކާއި ގުޅިގެން ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންކޮޅުތަކުގައި އައުޓްޑޯރ ޖިމް ގާއިމުގެ ކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށްދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފަސޭހަކަމާއިއެކު ހެލިފެލިވެ ކަސްރަތުކުރުން އުޅެވޭނެ މާހުއުލެއްގައި އެފަދަ ވަސީލަތްތައްގާއިމު ކޮށްދިނުމާއެކުކުދި ބޮޑު އެންމެންނަށް ހެލިފެލިވެ ކަސްރަތު ކުރުމަށް ބާރުއެޅުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަކީ ސަރުކާރުގެ ވަަރަށް ބޮޑު ސިޔާސަތެއް ކަމުން 61 ރަށެއްގައި އައުޓްޑޯ ޖިމްތަކެއް ގާއިމް ކުރާ ވާހަކަ މީގެ ކުރިން ވާނީ އިއުލާންކޮށްފައިކަަމަށާއި، ޑަބްލިއުއެޗްއޯއިން ހަދިޔާކުރި 5 ޖިމުގެ މަސައްކަތްވެސް ކުރިޔަށްދާނީ އެ މަސައްކަތާއި އެކީގައި ކަމަށެވެ.

އަދި މިހާތަނަށް އައި އިރު، އެރަށްރަށާއި ވާހަކަ ދައްކައިގެން އައުޓްޑޯ ޖިމް ގާއިމް ކުރާނެ ބިންތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަަމުގެ އުމްމީދު އެބައޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަަދި ހުރިހާ މަސައްކަތެއް ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރެވިގެންދާނެ ކަމަށާއި، ހުރިހާ ރަށެއްގައިވެސް އެ ސެޓަޕް ހުންނާނީ އެއްގޮތަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވަނީ ނަމޫނާ ދެއްކުމަށްޓަކައި ހުރިހާ ރަށެއްގެ ކައުންސިލަރުންވެސް، ދުންފަތާއި ދުރުވެ، އެނާޖީޑްރިންްސް ބުއިން ހުއްޓާލަން ގޮވާލާ ކަމަށެވެ.