ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނެޝަނަލް ޗެސް އާކޭޑް ހުޅުވައި ދެއްވައިފި

Aug 28, 2019
1

ނެޝަނަލް ޗެސް އާކޭޑް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

އެމަނިކުފާނު ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައި ދެއްވީ މިއަދު ހަވީރު ހުޅުމާލެ، މިނީ ސްޕޯޓްސް ކޮންމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވުމުގެ ގޮތުން ފުރަތަމަ ބޯޑުގެ ކުޅުން ފަށްޓަވައި ދެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނެޝަނަލް ޗެސް އާކޭޑަކީ ރާޒުވާ ކުޅުމަށް ހާއްސަކޮށް ޔޫތު މިނިސްޓްރީން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސައި ދިން ހޯލެކެވެ. މީގެ ކުރިން ރާއްޖޭގައި ރާޒުވާ ކުޅެން ހާއްސަ ތަނެއް ނުހުރެ އެވެ.