ނާސާއިން ޖައްވުގައި ވަގުތު ބަލަން ބޭނުންކުރާ ޑީޕް ސްޕޭސް އެޓޮމެޓިކް ގަޑި، ދުނިޔެއަށް އަލުން ގެނައުމަށްފަހު، މިދިޔަ ޖޫން މަހު އަލުން ޖައްވަށް ފޮނުވާލައިފި އެވެ. މި ގަޑި އަނބުރާ ދުނިޔެއަށް ގެނައީ ނިއުކްލިއާ ހަކަތަ ބޭނުން ކޮށްގެން ކުރާ ދިރާސާތަކުގައި މުޅިން އާ ވަގުތެއް ސެޓް ކުރުމުގެ ބޭނުމުގަ އެވެ. ނާސާއިން ގަބޫލު ކުރާ ގޮތުގައި ނިއުކްލިއާ ހަކަތަ ބޭނުން ކޮށްގެން ޖައްވީ އުޅަނދު އުފެއްދުމުން، އުޅަނދުގެ ދުވެލި ބާރުވެ، ޖައްވީ ދިރާސާތަށް ކުރުން އަވަސްވެގެންދާނެ އެވެ. ނާސާގެ ގަޑިއަށް ޖައްވަށް ދެވިފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.
ނާސާއިން ކުރާ ހުރިހާ ދިރާސާތަކެއްގެ ކާމިޔާބީ ބިނާ ވެފައިވަނީ މި ގަޑި އަށެވެ. ޑީޕް ސްޕޭސް އެޓޮމެޓިން ކްލޮކް ނުވަތަށް ޖައްވީ ގަޑި އަކީ ދުނިޔެ ވަށާ ދަތުރު ކުރާ ގަޑި އެކެވެ. މި ގަޑި މަސައްކަތް ކުރާ ގޮތަކީ ދުނިޔެއިން ޖައްވަށް ފޮނުވާ އުޅަނދުތައް މޮނީޓާކޮށް، އެ އުޅަނދަކަށް މަންޒިލަށް ދެވޭނެ ވަގުތު ނާސާއަށް އެންގުމެވެ. މީގެ އިތުރުން ޖައްވުގެ ވަގުތު ބެލުމަށް ވެސް މި ގަޑި ބޭނުންކުރެ އެވެ. ނާސާއިން އަލުން ގަޑި ޖައްވަށް ފޮނުވާފައި ވަނީ އާ އެޕްޑޭޓް ތަކެއް ވެސް ހިމަނާފަ އެވެ.
އެގޮތުން މިހާރު ގަޑީގައި ވަނީ ޖީޕީއެސް ސެޓްލައިޓެއް ހަރުކޮށްފަ އެވެ. މި ސެޓްލައިޓުގެ ބޭނުމަކީ ނާސާއިން ތައްޔާރުކުރާ ނިއުކްލިއާ އުޅަނދުތައް އެސްޓްރޮނޯޓުންގެ އެހީއާ ނުލައި އޭގެ މަންޒިލަށް ދަތުރު ކުރާނެ މަގު ދައްކައި ދިނުމެވެ. މިކަން ކާމިޔާބުކޮށް ވާނެ ކަމަށް ނާސާގެ ސައިންސްވެރިން ދަނީ ބުނަމުންނެވެ.
މި ގޑީގައި ހިމެނޭ އިތުރު ފީޗާސް ތަކުގެ ތެރޭގައި އުޅަނދަށް ސެޓްލައިޓު މެދުވެރިކޮށް މަގު ދައްކަމުންދާއިރު، ދިމާވެދާނެ ނުރައްކަލަކުން އެ އުޅަނދެއް ސަލާމަތް ކުރުމުގެ ގާބިލްކަން ހިމެނެއެވެ. މިސާލަކަށް އުޅަނދެއް ޖައްވުގައި ދަތުރު ކުރަމުން ދާއިރު، ގިނި ހިލަތަކެއް އުޅަނދާ ދިމާއަށް އަންނަ ކަމަށްވާ ނަމަ، އުޅަނދުގެ ފުރިހަމަ ކޮންޓްރޯލް ގަޑި ނަގައި ދަތުރު ކުރާ މަގު ބަދަލު ކުރާނެ އެެވެ. މިކަން ކުރަނީ އާޓިފިޝަން އިންޓެލިޖެންސުގެ އެހީގަ އެވެ.
މީގެ ކުރިން ޖައްވީ އުޅަނދެއް ދަތުރު ކުރާއިރު، ނުރައްކަލުގެ އިންޒާރު ނާސާއަށް ފޮނުވާނީ އެ އުޅަނދަކުންނެވެ. އެއަށްފަހު ނާސާގެ ސައިންސްވެރިން އުޅަނދުގެ ދަތުރު ކުރަމުންދާ މަގު ބަދަލު ކުރާނެ އެވެ. އުޅަނދަށް އޭގެ ދިފާއުގައި އެއްވެސް ކަމެއް ކުރުމުގެ ގާބިލްކަން މީގެ ކުރިން ނޯވެއެވެ. ނާސާއިން ޖައްވުގައި އޮންނަ އުޅަނދު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް 120 މިނިޓުގައި ނަގަ އެވެ. ނަމަވެސް އާ އަޕްޑޭޓުތަކާއި އަލުން ފޮނުވާލި ޖައްވީ ގަޑީގެ އެހީގައި މިކަން ކުރަން ނަގާނީ މަދު މިނިޓުކޮޅެކެވެ.
ނާސާގެ ސައިންސްވެރިން ޖައްވީ ގަޑި ޖައްވަށް ފޮނުވާލުމަށްފަހު ބުނީ، ޖައްވުގައި ހުންނަ އެހެން ގަޑިތަކަށްވުރެ ނާސާގެ ގަޑި މިހާރު އެޑްވާންސް ވާނެ ކަމަށެވެ. އަދި މި ގަޑިއަށް ބަލައިގެނެން ނާސާއިން ދިރާސާތަށް ކުރާނަމަ އެހެން އެއްވެސް ގައުމަކަށް ނާސާ އަތު ނުލެވޭނެ ކަމަށެވެ. އަދި އެފަދަ އެޑްވާންސް ގަޑިއެއް ޗައިނާ އާއި ރަޝިއާ ގުޅިގެން ނުހެދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.