ސެމްސަންގް

ސަމްސަންގެ ވެރިޔާގެ ކޮރަޕްޝަންގެ މައްސަލަ އަލުން ބަލަނީ

ސަމްސަންގެ ކުންފުނީގެ ވެރިޔާ ޖޭ ވައިލީގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް އަލުން ބަލަން ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ހައި ކޯޓަށް އަންގައިފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ޖޭ ވައިލީގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ސާބިތުވާ ކަމަށް ބުނެ ހައި ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ޖޭ ވައިލީގެ ފަރާތުން އެ ހުކުމް އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގެ ފަޑިޔާރުން ވިދާޅުވީ ޖޭ ވައިލީގެ ކޮރަޕްޝަންގެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަމަށް ނުބަލައި ހުކުމް ކޮށްފައިވުމުން، އަލުން އެ މައްސަލަ ބެލުމަށް ހައި ކޯޓަށް އަންގާ ކަމަށެވެ.

ޖެ ވައިލީގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވީ، ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސް ޕާކް ގެއުން ހީ އާއި އެކަމަނާގެ އާއިލާގެ ބޭފުޅަކަށް ރިޝްވަތު ދެއްވި މައްސަލައިގަ އެވެ. އެ ރިޝްވަތަކީ ޕާކްގެ ކޮއްކޮއަށް ތިން މިލިއަން ޑޮލަރު ދީ ސަމްސަންގެ ކުންފުންޏަށް ސަރުކާރު ތެރެއިން އެކިއެކި ލުއިތަށް ހޯދައި ދޭށެވެ.