އީރާން

އެމެރިކާއެކު މަޝްވަރާކުރަނީ ފިޔަވަޅުތަށް އުވާލުމުން: ޒާރިފް

އެމެރިކާއިން އިރާނަށް އަޅާފައިވާ އިގްތިސޯދަށް ދަތިކުރުމުގެ ފިޔަވަޅުތަށް އުވާނުލާ ހިދަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަޝްވަރާ ނުކުރާނެ ކަމަަށް އިރާން ފޮރިން މިނިސްޓަރު ޖަވާދް ޒާރިފް ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން އިރާނުގެ އިގްތިސާދަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 2015 ވަނަ އަހަރު ހެދި ނިއުކުލިއާ އެެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޔޫރޭނިއަމް ފައްކާކޮށް ނިއުކުލިއާ ހަކަތަ ބޭނުންކުރަމުންދާ ކަމަށް ބުނެ އެވެ. އެއްބަސްވުމާއި ހިލާފުވުމުން އެމެރިކާއިން، ވަނީ އިރާނުން އުފައްދާ ތެޔޮ ނުގަތުމަށް ގައުމުތަކަށް ގޮވާލާފަ އެވެ. އަދި އިރާނުން ތެޔޮ ގަންނަ ގައުމުތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އިރާނުން ދެކޭ ގޮތުގައި އެމެރިކާއަކީ އަކީ އެގައުގެ އިގްތިސާދަށް ދިމާވެފައިވާ "އިގްތިސާދީ ޓެރަރިސްޓް" އެކެވެ. އިރާނުން ވަނީ މީގެ ކުރިން ވެސް ފިޔަވަޅުތަށް އުވާލުމަށް ގޮވާލާފަ އެވެ. އެގޮތުން އިރާނުން ތެޔޮ ވިއްކަން ބޭނުންވާ ފަދައިން، އިރާނުގެ ތެޔޮ ގަންނަން ބޭނުންވާ ގައުމުތަށް އެބަ ހުރި ކަމަށެވެ. އަދި އެ ގައުމުތަކަށް އެމެރިކާއިން ބިރު ދެއްކިގެން ނުވާނެ ކަމަށް ވެސް އިރާނުން ވަނީ ބުނެފަ އެވެ.

މިހާރު ރަސްމީ ދަތުރުފުޅެއްގައި މެލެޝިއާ ވަޑައިގެން ހުންނެވި ޒާރިފް އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެމެރިކާއިން މިހާރު ދަނީ އިރާނާއި އިގްތިސާދީ ގޮތުން ޖައްސާލައިގެން ކަމަށެވެ. އެއް މޭޒެއްގެ ދޮށުގައި އިރާންގެ ނިއުކުލިއާ ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާ މަޝްވަރާކުރަން ބޭނުންވާނަމަ އިގްތިސާދަށް އަޅާފައިވާ ދަތިތަށް އުވާލަން ޖެހޭނެ ކަމަށް ވެސް ޒާރިފް ވަނީ ވިދާޅުވެފަ އެވެ.

ޒާރިފް އިތުރަށް ވިދާޅުވީ، އެމެރިކާގެ ސަބަބުން ދުނިޔެއިން އިރާނާ މެދު ކޮންމެ ގޮތަކަށް ދެކުނު ކަމުގައި ވިޔަސް، އިރާނުން ހިފަހައްޓާ ހަމަތަކެއް ހުންނަ ކަމަށެވެ. އެއީ އެމެރިކާ ކަހަލަ ސިއްރުން ޓެރަރިޒަމަށް ހިތްވަރުދޭ ގައުމުތަކާއި އިސްވެ ބައްދަލު ނުކުރުން ކަމަށެވެ.

"އެމެރިކާގެ ސަރުކާރުން ވަނީ އިރާނުގެ ސަރުކާރަށާއި އިރާނުގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ، އެމެރިކާއެކު މަޝްވަރާ ކުރެވޭނީ ފިޔަވަޅު އުވާލައިފިނަމަ، އެހެންނޫނީ އިސްވެ އެމެރިކާ ކަހަލަ ޓެރަރިސްޓު ގައުމަކާ އިރާނުން ބައްދަލުނުކުރާނެ" ޒާރިފް

މީގެ ކުރިން ވެސް ޒާރިފް ވެސް ވަނީ އދގެ ބައްދަލުވުމެއްގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު ހާލަކުވެ، ރައްޔިތުންނަށް ބޭނުންވާ ބޭސް ތަކާއި ކާނާ ފޯރުކޮށް ދިނުމަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނެފައިވަނީ، ފިޔަވަޅުތަކުގެ ސަބަބުން އިރާން ތެލުގެ ވިޔަފާރި ހަލާކުވަމުންދާތީ ފިޔަވަޅުތަށް އުވާނުލާ ދަމަހައްޓާނެ ކަމަށެވެ.