ހަބަރު

ރޭ ކަރަންޓު ކެނޑުނީ ވިއުގަޔަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

Aug 29, 2019

މާލެ އިން ފަތިހު ކަރަންޓު ކެނޑުނީ، ކަރަންޓު ވިއުގަޔަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ގައުމީ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނި ގޮތުގައި ރޭ ކަރަންޓު ކެނޑިފައިވަނީ މެންދަމުން އަލިވެ 3:15 ގައި ކަމަށާއި، ކަރަންޓު ދޭން ކުރި މަސައްކަތްތަކުން 3:55 އެހާއިރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެވިފައިވާ ކަމަށެވެ. އަދި މާލޭގެ ހުރިހާ ސަަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދެވިފައިވަނީ ހެނދުނު 6:00 ގައި ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.