ހަބަރު

ނޮވެލްޓީ ބުކްފެއާ ދަރުބާރުގޭގައި ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބުކް ފެއާ، ނޮވެލްޓީ ބުކްފެއާ އިއްޔެ ފަށައިފި އެވެ.

އިއްޔެ ހަވީރު ދަރުބާރުުގޭގައި ފެއާ ހުޅުވައި ދިނީ ހުޅުމާލެ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގެ ކުދިންނާއި ޖަމާލުއްދީން ސްކޫލްގެ، އަޑު އިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ހާއްސަ ކްލާހުގެ ދަރިވަރުންނެވެ.

މިއަދުން ފެށިގެން އަަންނަ މަހުގެ 10 އަކަށް ކުރިއަށްގެންދާ މި ފެއާގައި 100 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ކޫޕަން ދޫކުރެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި 200،000ރ. ދޭން ނޮވެލްްޓީން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، ނޮވެލްޓީ ބުކްޝޮޕުން 100ރ. އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިހާރުވެސް "ބުކް މަނީ" ދެ އެވެ. ކޮންމެ ބުކް މަނީއަކީ ފަސް ރުފިޔާ ކަމަށް ނޮވެލްޓީން ބުންޏެވެ. އަދި ބުކް މަނީ ބޭނުން ކޮށްގެން ފެއާއިން އެއްޗެހި ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ނޮވެލްޓީ ބުކްޝޮޕުން ވެސް އެއްޗެހި ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.

ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ނޮވެލްޓީ އިން ވަނީ ފިވަޔަތީގެ ކުދިންނަށް 10،000 ރުފިޔާގެ ފޮތް ހަދިޔާކޮށްފަ އެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދާ މި ފެއާގައި ފޮތާއި ސްޓޭޝަނަރީ އިން 70 ޕަސެންޓުގެ ޑިސްކައުންޓެއް ދެ އެވެ.

ކޮންމެ އަހަރަކުވެސް ނޮވެލްޓީ ބުކްޝޮޕުން ބާއްވާ ފެއާ މިފަހަރުވެސް ވަރަށް ގިނަ ފޮތްތަކެއް ލިބެން ހުންނާނެ އެވެ. އެގޮތުން ކުޑަކުދިންގެ ފޮތާއި ބޮޑެތި މީހުންނަށް ހާއްސަ ފޮތްތަކާއި ދިވެހި ފޮތްތަކުގެ އިތުރުން ކިޔެވުމަށް ބޭނުންވާ ގިނަ ފޮތްތައް ލިބެން ހުންނާނެ އެވެ.

ބުކްފެއާގެ ގަޑިތައް

ހޯމަ - ބުރާސްފަތި: މެންދުރު 2:00 އިން ރޭގަނޑު 12:00 އަށް.
ހުކުރު: މެންދުރު 2:30 އިން ރޭގަނޑު 12:00 އަށް.
ހޮނިހިރު: ހެންދުނު 10:30 އިން ރޭގަނޑު 12:00 އަށް.