ވިޔަފާރި

ރާއްޖޭގެ ޖުމްލަ ދަރަނި 65 ބިލިއަން ރުފިޔާއަށް

Aug 30, 2019
5

ރާއްޖޭގެ ޖުމްލަ ދަރަނި 65 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ދެވަނަ ކްއާޓަރުގެ ދަރަނީގެ ރިޕޯޓުގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި 18 ޕަސެންޓު އިތުރުވެ، 65 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ނިޔަލަށް ދަރަނީގެ ގޮތުގައި އިތުރުވި 4.5 ބިލިއަން ރުފިޔާގެ ތެރެއިން، ބޮޑު އަދަދެއް އިތުރު ވެފައިވަނީ ގެރެންޓީ ޑެޓްގައި އެވެ. އެގޮތުން ގެރެންޓީ ޑެޓް 14 ޕަސެންޓް އިތުރުވެފައިވެ އެވެ. ބޭރުގެ ދަރަނި ފަސް ޕަސެންޓް އިތުރު ވެފައިވާއިރު، އެތެރޭގެ ދަރަނި ވެސް ވަނީ ހަތް ޕަސެންޓަށް އިތުރުވެފަ އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބޭރުގެ ދަރަނި އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ސަބަބުންނެވެ.