ސައިންސް

ގިނިހިލައިގެ ކުލަ ބަދަލުވަނިކޮށް ވަނީ ފެނިފައި!

ޖައްވުގައި އެތަކެއް ބައިވަރު ގިނިހިލަތައް ހުރި ނަމަވެސް، މީގެ ކުރިން ގިނިހިލައެއްގެ ކުލަ ބަދަލު ވަނިކޮށް އެއްވެސް ސައިންސްވެރިއަކަށް ފެނިފައިވާކަން އެނގޭކަށް ނެތެވެ. އާންމު ގޮތެއްގައި ގިނިހިލަތަކާއި ބެހޭ ގޮތުން ކޮށްފައިވާ ދިރާސާރާ ތަކަކީ، ދުނިޔޭގެ ބިމަށް ވެއްޓިފައިވާ ގިނިހިލަތައް ބޭނުން ކޮށްގެން ކޮށްފައިވާ ދިރާސާ އެވެ.

ގިނިހިލައަކީ ފަސް ސިކުންތުގެ ތެރޭގައި 25 ކިލޯމީޓަރު ކަޑައްތު ކުރުމުގެ ގާބިލުކަން ލިބިދީފައިވާ އެއްޗެެކެވެ. އެހެން ކަމުން ގިނިހިލަ ތަކުގެ ހަރަކާތްތައް އަދި އެއަށް އަންނަ ބަދަލުތައް ދެނެގަންނަށް ސައިންސްވެރިންނަށް އުނދަގޫވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު، އެމެރިކާގެ ސައިންސް ކިޔަވައިދޭ ޔުނިވާސިޓީއެއް ކަމަށްވާ ޕުރުޑޯ ކޮލެޖުގެ ޓީޗަރުން، ދަރިވަރުންނަށް ޖައްވުގެ މަންޒަރުތަކެއް ލައިވްކޮށް ދައްކަމުން ދަނިކޮށް، ޓީޗަރުންނަށް ފެނުނީ، މާސް އަދި ޖުޕިޓާގެ ދެމެދުން އެއްޗެއް ކުލަ ބަދަލު ވަނި ކޮށެވެ. އަދި އެއީ ގިނިހިލައެއް ކަން ވެސް ދެނެގަނެވުނެވެ. މިއާއެކު އެމެރިކާގެ ނާސާގެ ސައިންސްވެރިން ޕްރޫޑޯ ޔުނިވާސިޓީގެ ދޮށައް ޖަމާވާން ފެށި އެވެ.

ޕްރޫޑޯ ޔުނިވާސިޓީގެ ޑިޕާޓްމެންޓް އޮފް އާތު، އެޓޮމޮސްފެރިކް އެންޑް ޕްލެނަޓަރީ ސައިންސްގެ ޕްރޮޕަސަރެއް ކަމަށްވާ، މައިކަލް މާސެޓް ވިދާޅުވި ގޮތުގައި ގިނހިލައިގެ ކުލަ ބަދަލުވި ވަގުތުކޮޅު ލޮލަށް ފެނުމުން ހައިރާންވި އެވެ. އޭނާ ވަނީ ގިނހިލަ ހުރި ސިފަ ވެސް ވިދާޅުވެފަ އެވެ.

ޖައްވުގައި އޮންނަ އިރުވެސް އަދި ގިނިހިލަތައް ބިމައް ވެއްޓޭއިރު ވެސް އޭތި އޮންނަނީ ކޮންކްރީޓުން ހަދާފައިވާ އެތިގަނޑެއްގެ ސިފައިގަ އެވެ. މައިކަލް އޭނާއަށް ފެނުނު މަންޒާ ބެހޭ ގޮތުން ވިދާޅުވި ގޮތުގައި ދެ ޕްލެނެޓު ދެމެދުން ގިނހިލައިގެ ކުލަ ބަދަލުވި ވަގުތު ހީވީ ސްނޯ ބޯޅައެއް ހެނެވެ. ކުލަ ބަދަލުވީ އެއް ފަހަރާ އެވެ. ހީވީ ނޫކުލައިގެ ބޮކިތަކެއް ގިނިހިލާގައި ދިއްލުނުހެނެވެ.

އާންމު ގޮތެއްގައި މިގޮތަށް ގިނިހިލައިގެ ކުލަ ބަދަލުވާނީ ޖައްވުގައި ހުންނަ ހިރަފުސްތަކުގެ ތެރެއަށް ގިނިހިލަ ވަނުމުންނެވެ. ނަމަވެސް ހިރަފުގެ ތެރެއަށް ގިނިހިލަ ވަނުމުން ކުލަ ބަދަލުވާން ޖެހޭ ސަބަބެއް ހޯދިފައެއް ނުވެ އެވެ. ޖައްވުގައި ހުންނަ ހިރަފުސްތަކަކީ، ޕްލެނެޓްތަކުގައި ހުންނަ ފަސްތަކެވެ. އެ ފަސްތައް މީގެ ކުރިން ދިރާސާކޮށްފައި ވާއިރު ވެސް، މިފަދައިން ކުލަ ބަދަލުވާން ޖެހޭ އެއްވެސް މާއްދައެއް ފެނިފައެއް ނުވެ އެވެ.

ނާސާގެ ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މިގޮތަށް ކުލަ ބަދަލުވަނީ ޖައްވުގައި ހިމެނޭ ގިނިހިލަތަކުގެ ތެރެއިން އެންމެ 20 ޕަސަންޓެވެ. ސަބަބަކީ ޖައްވުގައި ހިމެނޭ ގިނިހިލަ ބެލްޓުގައި އެކްޓިވްކޮށް ތިބީ އެންމެ 20 ޕަސަންޓް ގިނިހިލަތައް ކަމަށްވާތީ އެވެ. އަދި ގިނިހިލައެއްގެ ކުލަ ބަދަލުވާ މަންޒަރު ފެންނަނީ ވަރަށް މަދު ފަހަރެއްގައި ކަމަށް ވެސް ނާސާއިން ބުނެ އެވެ.

ގިނިހިލައިގެ ކުލަ ބަދަލުވާން ދިމާވި ސަބަބެއް ކަމަށް ނާސާއިން ބުނަނީ، ކުލަ ބަދަލުވި ގިނިހިލައަކީ އެތަކެއް މިލިއަނެއް އަހަރުން ފެށިގެން ޖައްވުގައި ދަތުރު ކުރަމުންދާ އެއްޗަކަށް ވުމުން، ޖައްވުގައި ހުންނަ ހިރަފުސް އޭގައި އެކުލެވިފައި ހުންނާނެތީ އެވެ.