ހުޅުމާލެ

ހުޅުމާލޭގައި 24 ގަޑިއިރުގެ ވިޔަފާރި ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް ކަނޑައަޅައި، ވިޔަފާރި ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިކޮނަމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދީފައިވަނީ ނިރޮޅު މަގާއި ހުވަނދުމާ ހިނގުމާއި ފެރީ ޓާމިނަލް ސަރަހައްދެވެ.

އެ ރަށުގައި ސައުވީސް ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުގައި ވިއްކޭނީ ހަމައެކަނި ޒަރޫރީ ކަންކަމަށް ބޭނުން ކުރާ ތަކެއްޗެކެވެ. އަދި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަތޯ ބަލައި ފާސް ކުރުމަށްފަހު އެވެ.

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެ އެވެ.