ޗައިނާ

ވަޅިން ހަމަލާދީ ޗައިނާ ސްކޫލެއްގައި އަށް ދަރިވަރަކު މަރާލައިފި

ޗައިނާގެ އެލެމެންޓްރީ ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށް ދިން ވަޅީގެ ހަމަލާއެއްގައި އެ ސްކޫލްގެ އަށް ދަރިވަރަކު މަރުވެ، ދެ ކުއްޖަކު ޒަހަމް ވެއްޖެ އެެވެ.

ޗައިނާގެ ފުލުހުން ބުނީ، ދަރިވަރުންނަށް އަމާޒު ކޮށްގެން ހަމަލާ ދީފައިވަނީ، އާ ސެމިސްޓަރުގެ ކިޔެވުން ފެށުނު ދުވަހު ކަމަށެވެ. އަދި ދަރިވަރުންނަށް ހަމަލާ ދީފައި ވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ ހައްުޔަރު ކޮށްފައިވާ އެވެ.

ހައްޔަރުކުރި މީހާއަކީ މީގެ ކުރިންވެސް މީހަކު މަރާލި މައްސަލައެއްގައި ހުކުމް ތަންފީޒުކޮށް މިނިވަން ވެފައިވާ މީހެކެވެ.

ޗައިނާގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒު ކޮށްގެން ހަމަލާ ދިނުމަކީ އެ ގައުމުގައި އާންމުކޮށް ހިނގާ ކަމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޗައިނާގެ ޝަންހާއީގެ އެލެމެންޓްރީ ސްކޫލެއްގައި ވެސް ކުދިންތަކަކަށް މިފަދަ ހަމަލާއެއް އަމާޒުކޮށްފައި ވެއެވެ.