ހަބަރު

ސިފައިންގެ ސީޓީސީ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޅ. މާފިލާފުށީގައި އިމާރާތްކުރާ ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރު (ސީޓީސީ)ގެ ފޭސް 1 އެނެކްސް އިމާރާތްކުރުމުގެ މަސައްކަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސާއި ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާ ދެމެދު މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ސީޓީސީ ފޭސް 1 އެނެކްސް ބިނާކުރުމުގެ މަަސައްކަތް، 197 ދުވަހުގެ ތެރޭގައި ފުރިހަމަކުރަންޖެހޭކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތުގެ އަގަކީ 16،499،400 ރުފިޔާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ލެފްޓިނެންޓް ކާނަލް އަހްމަދު ޒުބައިރެވެ.

ސީޓީސީއަކީ އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.