ބޮރިސް ޖޯންސަން

ބޮރިސްއަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ

Sep 3, 2019

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

ބޮރިސްއަށް މެޖޯރިޓީ ގެއްލުނީ އެ ގައުމުގެ ވެރިކަން ކުރާކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން ޕިލިޕްލީ ޕާޓީ ދޫކޮށް މިނިވަން މެމްބަރުންނާ ގުޅިވަޑައިގަތުމުންނެވެ. މިއީ ކޮންޒަވޭޓިވް ޕާޓީން އެއްވެސް ވަރަކަށް އުއްމީދު ކޮށްގެން ހުރި ކަމެއް ނޫނެވެ.

މިހާރު އިނގިރޭސިވިލާތުގެ ވެރިކަން ކުރަމުންދަނީ މަޖިލީހުގެ އަގުލަބިއްޔަތު ނެތް ޕާޓީއަކުންނެވެ. ބޮރިސް ބޮޑުވަޒީރުގެ ކަމުގެ މަގާމުން ވަކިވެފައިމިވަނީ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އިދިކޮޅު ލޭބާ ޕާޓީގެ ލީޑާ ޖެރެމީ ކޯބީން، ބޮރިސް މަގާމުން ވަކިވުމާ ގުޅިގެން ވިދާޅުވީ، ބޮރިސްގެ ސަބަބުން ޔޫރަޕްގެ ގައުމުތަކާއި އެކު އޮންނަ އިނގިރޭސިވިލާތުގެ ގުޅުން ގޯސްވެފައިވާ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކީ އެކަމުގެ ނަތިއްޖާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ބޮރިސް ޖޯންސަންގެ ސަރުކާރުން ދިޔައީ އެކުވެރި ގައުމުތަކުގެ ގުޅުން ގޯސްކުރަމުން. އެއްވެސް ހަރުދަނާ ކަމެއް ނެތް ސަރުކާރެއް. އެހެންވެ މެޖޯރިޓީ އެ ގެއްލުނީ" ޖެރެމީ ކޯބީން ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ބޮރިސްއަށް ގެއްލުމާއި ގުޅިގެން، އިނގިރޭސިވިލާތް އީޔޫން ވަކިވުމަށް ކުރާ މަސައްކަތަށް ކާމިޔާބު ކުރުމަށް އިތުރަށް އުދަގޫވެގެންދާނެ އެވެ. ފަސޭހަ ކަމާއެކު އިނގިރޭސިވިލާތް އީޔޫން ވަކިވުމުގެ މަސައްކަތް ކުރަން ބޮރިސް އަށް އޮތް ހަމައެކަނި ގޮތަކީ އިންތިހާބަކަށް ދިޔުމެވެ. އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓުތަކުގައި ވާގޮތުން، ބޮރިސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޮކްޓޫބާ 14 ވަނަ ދުވަހު އަވަސް އިންތިހާބެއް ބޭއްވުމަށެވެ.

ބޮރިސް ބޮޑުވަޒީރު ކަމާއި ހަވާލިފަހުން މަސައްކަތް ކުރަމުންދިޔައީ އެއްވެސް އެއްބަސްވުމަކާ ނުލައި އީޔޫން ވަކިވުމަށެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބޮރިސް އާ ދެކޮޅު ހަދާފަ އެވެ. އެ މެމްބަރުން ވިދާޅުވަމުން ގެންދެވީ އީޔޫއާ މަޝްވަރާކޮށްގެން ގޮތެއް ހޯދައިގެން އީޔޫން ވަކިވުމަށެވެ.