ޕްލެންޓް، މާސްގައި ގިނަ އަދަދަކަށް މީތޭން ގޭސް ހިމެނެ އެވެ. އެ ގޭސް ނައްތާލާނެ ގޮތެއް ހޯދަން ސައިންސްވެރިން ކުރާ މަސައްކަތައް މިހާރު ވަނީ އަލި މަގެއް ފެނިފަ އެވެ. އަދި މާސްގައި އިންސާނުން އާބާދު ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބެން އޮތީވެސް މާސްއިން މީތޭން ގޭސް ނައްތާލައިގެނެވެ. ސައިންސްވެރިން މިހާރު ގަބޫލުކުރާ ގޮތުގައި މާސްގައި ހިމެނޭ މީތޭން ގޭސްއާ ދުނިޔޭގެ މީތޭން ގޭހާ ތަފާތެއް ނެތެވެ. އެހެންކަމުން މާސްއިން ދިރުމެއް ހޯދަން ކުރާ މަސައްކަތަށް އަލި ކަމަށް ފެންނާނެ ކަމުގެ އުއްމީދު އެބަ އޮތެވެ.
އެމެރިކާގެ ނިއުޔޯކް ސިޓީގެ ސްޕޭސް ސައިންސް ކިޔަވައިދޭ ކޮލެޖެއް ކަމަށްވާ ޔޯކް ޔުނިވާސިޓީން މިހާރު ވަނީ ސެޓްލައިޓުތަކުގެ އެހީގައި މާސްގައި މީތޭން ގޭސް ހުރި މިންވަރު ދެނެގެނެފަ އެވެ. އެ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޖޯން މޫރެސް ވިދާޅުވި ގޮތުގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެ ޔުނިވާސިޓީން މާސްގައި ހިމެތޭން ގޭސް ދައުރު ކުރާ ގޮތް ވަނީ ބަލާފަ އެވެ. އަދި އެ ބެލުމުގެ ތެރޭ އެކި ދުވަސްވަރު މާސްގައި މީތޭން ގޭސް ހުންނަ މިންވަރު ދައްވާ ކަަމަށް ފާހަގަވި އެވެ. އަދި އެ މިންވަރު މަދުވަނީ ޖައްވުގައި ހުންނަ މީތޭން ގޭސް ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ މާއްދާއެއް ގޭހާ އެކުވާތީ އެވެ.
އެ ޔުނިވާސިޓީގެ އެހެން ޕްރެފެސަރެއް ކަމަށްވާ ޕެނީ ކިންގް ވިދާޅުވި ގޮތުގައި ދުނިޔޭގައި ވިހަ ގޭސްތައް އުފެދެނީ މައިކްރޯބްސްގެ ސަބަބުންނެވެ. މާސްގައި މީތޭން ގެސް އުފެދެނީ، މާސްގައި ހުންނަ ހިލަ އާއި ފަސްގަނޑުން ބޭރުވާ މައިކްރޯބްސްތަކުގެ ސަބަބުންނެވެ. ބޮޑަށް ބެލެވޭ ގޮތަކީ މާސްގައި ކުރިން އޮތް ކަމަށް ބެލެވޭ ފެނުގެ ކޯރު ހިކިމުގެ ސަބަބުން ހިލަތަކުން ބޭރުވާ މައިކްރޯބްސް އިން މީތޭން ގޭސް އުފެދެނީ އެވެ.
އެ ކޯރުގެ އަޑީގައި ހުރި ބޮޑެތި ހިލަތަކުގެ ތެރެއަށް ފެން ވަދެ ދުވަސްވުމުން، މީތޭން ގޭސް ނައްތާލެވޭ މައިކްރޯބެއް އުފެދޭ ކަމަށް ވެސް ޕެނީ ވިދާޅުވި އެވެ.
ޕެނީގެ އެ ވިސްނުމަށް މޫރެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.
މޫރެސް ވިދާޅުވާ ގޮތުގައި މާސްގައި ދުވާލު ވަގުތު މީތޭން ގޭސް ހުންނަ މިންވަރު ރޭގަނޑަށް ބަލާއިރު އިތުރެވެ. އެހެން ވަނީ ހަނދުގެ އަލިކަން ފެނުގެ އަސަރު ކޮށްފައިވާ ހިލަތަކަށް ފޯރާތީ އެވެ. ނަމަވެސް ހަނދުގެ އަލި އެޅުމުން، މައިކްރޯބްސް ބޭރުވާނެ ކަމަކަށް ގިނަ ސައިންސްވެރިން ގަބޫލެއް ނުކުރެ އެވެ.
މޫރެސް ވަނީ އޭނާގެ ހޯދުންތައް ނާސާއާ ހިއްސާކޮށްފަ އެވެ. ނާސާއިން ވެސް ހަނދުގެ އަލިކަން އެޅުމުގެ ސަބަބުން މައިކްރޯބްސް ބޭރުވާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް މޫރެސްގެ ދިރާސާގެ ސަބަބުން އިންސާނުން މާސްގައި އާބާދު ކުރަން ފަސޭހަ ވެގެންދާނެ އެވެ. ނާސާގެ ސައިންސްވެރިން ބުނާ ގޮތުން މޫރެސް ދިރާސާއަށް ބަލާއިރު ޔަގީންވާ ކަމަކީ މާސްގައި މީތޭން ގޭސް އުފެދެނީ ފެން ކޯރު ހިކުމުގެ ސަބަބުން ހިލަތަކުންނެވެ. މިއާއެކު މިހާރު ނަސާއިން ބުނަނީ، މާސްގެ ފެން ކޯރުގައި ހުރީ ގަނޑުވެފައި ހުރި މުރަކަ އެވެ. އަދި މުރަކަތަކުން ބޭރުކުރާ މީތޭން ގޭސް ނައްތާލަނީ ފެނުގެ އަސަރު ކޮށްފައިވާ ހިލަތަކުންނެވެ.
މޫރެސްގެ ދިރާސާއަށް އިތުރަށް ބެލުމަށްފަހު ބުނަނީ ފެނުގެ އަސަރު ކޮށްފައިވާ ހިލަތަކަކީ އެތައް ސަތޭކަ މިލިއަން އަހަރެއް ވެފައިވާ ހިލައެވެ. އަދި މާސްގައި ދައުރުވާ ވިހަ ގޭސްތަކުގެ ސަބަބުން، ފެނުގެ އަސަރު ކޮށްފައިވާ ހިލަތަކުން ގޭހާ ދެކޮޅަށް މަސައްކަތް ކުރެވޭ މައިކްރޯބެއް އުފައްދަނީ އެވެ. އެކަމަކު އެއީ ކޯއްޗެކަން ބުނަން ވަގުތު ނަގާނެ އެވެ.
މީތޭން ގޭސް މާސްއިން ނައްތާލާނެ ގޮތުގެ ޑްރާފްޓް ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ. އެ ޑްރާފްޓުގައި ވާގޮތުން، މީތޭން ގެސް އުފައްދާ ހިލަތައް ޖައްވީ ކާގޯ އުޅަނދެއްގެ އެހީގައި ގެންގޮސް ބްލެކްހޯލަށް ވައްޓާލާނީ އެވެ. އެއީ އެ ހިލަތައް ދުނިޔެއަށް ގެނެސްފިނަމަ ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ. މިކަން ކުރުމަށް އޮތް ގޮންޖެހުމަކީ ބްލެކްހޯލަށް ދަމައިގަންނަ އެއްޗެހި ފަހުން އަނބުރާ އޭގެ އަސްލު ސައިޒުގައި ބޭރުވުމެވެ. އަދި ޖައްވުގައި އުފެދޭ ތޫފާންތަކުގެ ސަބަބުން އެ ހިލަތައް ދުނިޔެއަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމެވެ.
މާސްއިން މީތޭން އުފައްދާ ހިލަތައް ބޭރުވެއްޖެނަމަ، މާސްގައި ހުންނަ ވިހަ ގޭސްތަކުގެ ނިސްބަތް ވަރަށް ބޮޑަށް ދައްވެގެންދާނެ އެވެ. އަދި އިންސާނުން އާބާދު ކުރުމަށް އެންމެ އަވަސް މަގެއް ފެންނަން އޮތީ ހިލަތައް ބޭރުކޮށްގެން ކަމަށްވުމުން، ނާސާއިން މަސައްކަތް ކުރަނީ، ހިލަތައް ކުދި ކުރުމަށްފަހު ބްލެކްހޯލުގެ ތެރެއަށް ފޮނުވާލާށެވެ. އޭރުން ދުނިޔެއަށް އޭގެ ހިލަކޮޅެއް އަޔަސް އޮކްސިޖަންގެ ސަބަބުން ހިލަކޮޅުގައި ހުންނަ މީތޭން ގޭސް ނެތިގެންދާނެ އެވެ.