އައްޑޫން މާލެއަށް ވައިގެ މަގުން މަސްތުވާތަކެތި ގެންނަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ވައިގެ މަގުން މާލެއަށް މަސްތުވާތަކެތި ގެންނަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓް އިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ އައްޑޫ އިން މާލެއަށް މަސްތުވާތަކެތި ގެންނަން އުޅޭކަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ ހެނދުނު އެވެ.
އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ދީފަ އެވެ.