ކުޅިވަރު

ލަންކާގެ ޓެނިސް މުބާރާތުން ރާއްޖެއަށް ބޮޑު ކާމިޔާބެއް

ޝްރީލަންކާގައި ބޭއްވި ކްލޫ ޓެނިސް ޓޯނަމަންޓްގައި ރާއްޖޭގެ ފާރާތުން ބައިވެރިވި ކުޅުންތެރިން އެ މުބާރާތުގައި ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ރާއްޖޭގެ އިމާނީ މޫސާ ކަލީމް، ނަބާ ނިޝާން، ކަރީން ސައިޒަން ވަނީ އެ ކުޅުންތެރިން ކުޅުނު ސިންގަލްސް އިވެންޓްތަކުން ޗެމްޕިއަންކަން ހޯދާފަ އެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މޫސާ ކަލީމްގެ ދަރިފުޅު އިމާނީ ވަނީ 10 އަހަރުން ދަށުގެ ގުރީން ބޯލް ލެވަލް އެކެއްގެ ކެޓަގަރީން ސިންގަލްސް ޗެމްޕިއަންކަން ހޯދާފަ އެވެ. ނަބާ ނިޝާން ވަނީ، 10 އަހަރުން ދަށުގެ ޕްރޯ ލެވަލް ކެޓަރީގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފަ އެވެ. ކައިރިން ސައިޒަން ވަނީ އަށް އަހަރުން ދަށުގެ އޮރެންޖް ބޯލް ޕްރޯ ލެވަލްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ޕްރޯ ލެވަލްގެ 10 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ނަބާ ނިޝާން އާއި އިމާނީގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.