ދުނިޔެ

ހިޒްބުﷲ އިން މިސައިލް އުފައްދާ ކަމަށް ތުހުމަތުކޮށްފި

Sep 4, 2019
1

ހިޒްބުﷲ ޖަމާއަތުން ލުބުނާނުގެ ބެކާ ވެލީގައި މިސައިލް އުފައްދާ މަރުކަޒެއް ބިނާ ކުރަމުން ގެންދާ ކަމަށް އިޒްރޭލުން ތުހުމަތުކޮށްފި އެވެ.

އިސްރޭލްގެ ސެޓެލައިޓްތަކަށް ލިބިފައިވާ ކަމަށް ބުނާ ފޮޓޯތަކެއް އާންމު ކުރުމަށްފަހު އެ ގައުމުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އިރާނުގެ އެހީގައި ހިޒްބުﷲ ބެކާ ވެލީގެ އަލްނަބީ ޝައިތު އަވަށުގައި ހުރި ހަތިޔާރު ފެކްޓްރީއަކަށް ހާއްސަ ސާމާނާއި އާލާތް ހޯދާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ހިޒްބުﷲ ބޭނުންވަނީ އެތާނގައި މިސައިލު އުފައްދަން ކަމަށެވެ.

ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ވިދާޅުވީ އިޒްރޭލުން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށާއި، ހަމަލާދޭނީ ހަމައެކަނި އިޒްރޭލުގެ ބޯޑަރަށް ނޫން ކަމަށެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލްގެ ސަލާމަތަށްޓަކައި ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް އީރާނުން ހަތިޔާރުތައް ފޯރުކޮށް ދިނުން ހުއްޓުވަން ޖެހޭ ކަމަށެވެ.