ހަބަރު

ޓްރައިބިއުނަލްގެ ރައީސަކަށް ޒާހިރު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ކަމަށް، ޓްރައިބިއުނަލުގެ މެންބަރު ކަމުގައި ހުންނެވި މއ. އާޕިއާ، މުހައްމަދު ޒާހިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޓްރައިބިއުނަލުގެ ރައީސް ކަމަށް، ޒާހިރު އައްޔަން ކުރެއްވީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރު ކަމުންނާއި ރައީސްކަމުން، ގދ. ފަރެސްމާތޮޑާ، އަހްމަދު ޝިފާއު އިސްތިއުފާ ދެއްވާފައި ވާތީ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ޝިފާއު ހަމަޖެއްސެވީ މެއި 14، 2018 އިގަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ އޯގަސްޓްމަހުގެ 27 ވަނަ ދުވަހުއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ޖެހޭ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާ އިދާރާ އެވެ.