ސައިންސް

ޖައްވުގައި އެސްޓްރޮނޯޓުންނަށް ގެ އަޅަައި ދެނީ!

ޖައްވީ ދިރާސަތަކަށާއި އެނޫން ބޭނުންތަކަށް މީގެ ކުރިން ޖައްވަށް ދަތުރު ކުރާ އެސްޓްރޮނޯޓުން ދިރިއުޅެން ޖެހެނީ ޖައްވަށްދާ އުޅަނދުގައި ހަދާފައި ހުންނަ ކޮޓަރި އެއްގަ އެވެ. ސަބަބަކީ ޖައްވުގައި ހުންނަ ވިހަ ގޭހާއި ރޭޑިއެޝަންތަކުން ސަލާމަތް ވާނެ އިތުރު ގޮތެއް ހޯދިފައި ނުވާތީ އެވެ. މިހާރު ނަސާގެ ސައިންސްވެރިން ވަނީ މާސްގައި ކޮންކްރީޓް ގެ އެޅޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެކަމަށް ކުރަން ޖެހޭ ހުރިހާ ދިރާސާއެއް ވެސް ވަނީ ކޮށް ނިންމާފަ އެވެ. ނާސާއިން ބުނީ ކޮންކްރީޓްގެ އަޅަން ނިންމާފައިވަ ނީ މާސް އާއި ހަނދުގައި ކަމަށެވެ.

ނާސާއިން ބައިނަލްއަގްވާމީ ސްޕޭސް ސްޓޭޝަންގައި ކުރި ތަހުލީލުގެ މައުލޫމާތު ދެމުން ބުނީ، މާސްގައި ކޮންކްރީޓުން ގެއެއް އަޅައިފިނަމަ މާސްގައި ހުންނަ ގްރެވިޓީ ދަށްވި ނަމަވެސް ދުނިޔޭގައި ހުންނަ ގެތަކާއި އެއްގޮތް ވާނެ ކަމަށެވެ.

އަދި މާސްގައި ހުންނަ ވިހާ ގޭހާއި ރޭޑިއޭޝަންތަކުން ސަލާމަތްވުމުން، މިހާރު މާސްގައި އެސްޓްރޮނޯޓުން އުޅޭހެން އަބަދު ސްޕޭސް ސޫޓު ލައިގެން އުޅާކަށް ނުޖެހޭނެ އެވެ. ދިރާސާ ދައްކާ ގޮތުން ވިހަ ގޭސްތަކަށާއި ރޭޑިއޭޝަންތަކަށް ކޮންކްރީޓް ފޫއަޅުވާލާފައެއް ނުދެވެ އެވެ. މާސް އާއި ހަނދުގައި ކޮންކުްރީޓް ގެއެއް އަޅަން ބޭނުން ކުރަން ޖެހޭނީ ސީ3އެސް ކިޔާ ކެމިކަލް މާއްދާ އެކުލެވޭ ސިމެންތިއެއް ކަމަށް ވެސް ނާސާއިން ބުންޏެވެ.

"އަޅުގަނޑުމެން މާސް އަދި ހަނދުގައި މިކުރާ ދިރާސަތަށް ކާމިޔާބުވާން ބޭނުންވާ ވަރަށް އެސްޓްރޮނޯޓުންގެ ރައްކާތެރި ކަމަށް ވެސް ވިސްނަން ޖެހޭ، އެކަމެއް ހައްލު ވަނީ ހޯދިފައި، އަޅުގަނޑުމެން ސީދާ ޖައްވުގައި ކުރި ދިރާސާއެއްގައި އެބަދައްކާ ކޮންކްރީޓުން މާސް އަދި ހަނދުގައި ގެ އަޅައިފިނަމަ ރޭޑިއޭޝަނާއި ވިހަ ގޭސްތަކުން ސަލާމަތްވާނެ ކަމަށް، ސަބަބަކީ ކޮންކުރީޓް ފޫއަޅުވާލާފައި ދިޔުމުގެ ބާރު ރޭޑިއޭޝަން އަދި ގޭސްތަކަށް ލިބިފައި ނެތުން" ނާސާގެ ޓީމުން ދިރާސާގެ މައުލޫމާތު އާންމު ކުރަމުން ބުންޏެވެ.

ކޮންކްރީޓުން ގެ އަޅައިފިނަމަ ލިބޭނެ އެހެން ފައިދާއެއްގެ ވާހަކަ ވެސް ޓީމުން ވަނީ ބުނެފަ އެވެ. އެއީ މާސް އަދި ހަނދުގައި އުފެދޭ ބާރުގަދަ ތޫފާންތަކުން ސަލާމަތްވުމުގެ ފުރުސަތަވެ. ޖައްވީ އުޅަނދުތަށް ތޫފާން އަންނަ ވަގުތު ސަރަހައްދު ދޫކޮށް ދާން ޖެހޭކަން ފާހަގަކޮށް ނާސާއިން ބުނީ، މިކަމުގެ ސަބަބުން ޖައްވީ މިޝަންތަކަށް ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު މަދުވާނެ ކަމަށެވެ. އަދި ނާސާއިން އަބަދުވެސް ބޭނުންވާ ގޮތަށް ވީހާވެސް ކުޑަ އަގެއްގައި ޖައްވީ ދިރާސާތަށް ކުރިއަށް ގެންދެވޭނެ އެވެ.

އެންމެ ފުރަތަމަ ކޮންކުރީޓުން ގެ އަޅަން ހަމަޖެހިފައި ވަނީ މާސްގަ އެވެ. މިކަމަށް ބޭނުންވާ ފަންނީ މަސައްކަތް ނާސާއިން ގެންދަނީ ކުރަމުންނެވެ. މާސްގައި ވައިގެ ޕަސަންޓު ހިމެނޭ ނިސްބަތް މަދުވުމުން، ނާސާއިން ދަނީ ކޮންކްރީޓް ހިއްކުމަށް ހާއްސަ ކޮށްގެން އަންނަ މަހުގެ ނިޔަލަށް އާޓިފިޝަލް ވައި ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މާސްގައި ގެ އެޅުމުގެ މަސައްކަތް ވެސް ނާސާއިން ވަރަށް އަވަހަށް ކުރާނެ ކަމަށް ބެލެވެން އެބަ އޮތެވެ.