ހަބަރު

ސައިކަލަކުން ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ގެއަކުން މަގުމައްޗަށް ނުކުތް ކުޑަ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެ ކުޑަކުއްޖާއަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ، ގދ. ތިނަދޫ ގެއަކުން މިއަދު ހަވީރު މަގުމައްޗަށް ނުކުތު ކުއްޖަކީ ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމަށާއި އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ކުއްޖާގެ ގައިގައި ޖެހި އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރު މޫނުމަތީގައި އެކިވަރުގެ ޒަހަމްތައް ހުރި ކަމަށެވެ.

އެކްސިޑެންޓަށް ފަހު ސައިކަލް ދުއްވި މީހާގެ ސައިކަލް ލައިސެންސް ވަނީ ހިފަހައްޓާފަ އެވެ.