ހަބަރު

ކުޑަ އަންހެން ކުއްޖަކު މަސްތުކޮށް، ޖިންސީ ގޯނާކޮށްފި

Sep 6, 2019
1

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު މަސްތުކޮށް، ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، މަސްތު ކުރުވައިގެން ބަދުއަހުލާގީ ހިންގަން ތިބި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 1:45 ހާއިރު ކަމަށެވެ. އެ މައްސަލައާ ގުޅިގެން 44 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.