ހަބަރު

ދިޔަވި ލޯންޗު ކާށިދޫއަށް ވަދެއްޖެ، މީހަކަށް އަނިޔާއެއް ނުވޭ

Sep 7, 2019

ކާށިދޫ ކަނޑުން ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވާ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ ލޯންޗުގައި 20 މީހުން އެބަ ތިއްބެވެ. މިއީ ޅ. ހިންނަވަރުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ލޯންޗެކެވެ.

އެމްއެންޑީއެފްއިން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި "ކޮންޕަސް" ނަމަކަށް ކިޔާ މި ލޯންޗު މިހާރު ވަނީ ރައްކާތެރިކަމާއެކު ސީ އެންބިއުލާންސްއާއެކު ކާށިދޫއަށް ވަދެފަ އެވެ. މި ހާދިސާގައި ލޯންޗުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.