އީރާން

އިރާނުން ނިއުކްލިއާ ޕްރޮގްރާމް ވަރުގަދަކޮށްފި

ދެހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު ހެދި ނިއުކްލިއާ އެއްބަސްވުމަށް އަމަލު ކުރަން އިރާން ތައްޔާރުވެފައި ވަނިކޮށް، އެމެރިކާއިން އިރާނަށް ގެއްލުމުގެ ބަދަލު ދޭން ދެކޮޅު ހެނދުމުން، އިރާނުން ނިއުކިލިއާ ޕްރޮގްރާމްތަށް އިހުނަށް ވުރެ ވަރުގަދަކޮށް ފަށައިފި އެވެ.

އެމެރިކާއިން އިރާނަށް ފިޔަވަޅު އެޅީ އެއްބަސްވުމަށް އަމަލު ކުރުމަށެވެ. އެއްބަސްވުމަށް އަމަލުކޮށް އިރާނުން ވަނީ ނިއުކިލިއާ ޕްރޮގްރާމްތަށް އެއްބަސްވުމާ އެއްގޮތަށް ގެންދަން ނިންމާފަ އެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގައި ޕްރާންސުން އިރާނަށް ދޭން އުޅުނު 15 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނާ އެމެރިކާ އެއްބަސްނުވުމުން އިރާނުން މިވަނީ އަލުން ނިއުކިލިއާ މަސައްކަތް ފަށައިފަ އެވެ.

މައްސަލަ ބޮޑުވެފައިވާ ޔޫރޭނިއަމް ފައްކާކޮށް އިތުރަށް ބާރުގަދަ ކުރުމަށް އިރާނުން މިވަނީ ސެންޓިރެފިއުޖެސް ބޭނުން ކުރަން ފަށައިފަ އެވެ. މިއާއއެކު އިރާންގެ ބަލަސްޓިކް މިސައިލް އާއި ނިއުކިލާ ހަތިޔާރުތަކުގެ ބާރު އެތަށް ގުނައަކަށް ބޮޑުވެގެންދާނެ އެވެ.

އިރާންގެ އެޓޮމިކް އެނާޖީ އޯގަނިޒޭޝަންގެ ސްޕޯކްސްމޭން ބެހެރޯޒް ކަމާލްވާދީ ވިދާޅުވީ، އެއްބަސްވުމުގައި ވާކަންތައްކަށް ނުބަލާނެކަމަށާއި ދެން އިރާނުން އުފައްދާ ހަތިޔާރުތަށް ބާރުގަދަ ވެފައި ނުރައްކާތެރި ވެގެންދާނެ ކަމަށެވެ. ބެހެރޯޒް ކަމާލްވާދީ ވިދާޅުވީ، މީގެ ކުރިން އިރާން ހުރީ ޔޫރަޕްގެ ގައުމުތަކުންނާއި އެމެރިކާއިން ކުރި ކަންތައްތަކަށް ކެތްކޮށްގެން ކަމަށެވެ. ނަމަވެސް އިރާނުން ގޮތް ދޫކުރުމުން ވެސް އެމެރިކާ ގޮތް ދޫނުކުރުމުން އެގެނީ ކިތަންމެ ވަރަކަށް ނިއުކިލިއާ މައްސަލައިގައި އެމެރިކާއެކު މަޝްވަރާ ކުރިޔަސް ހައްލެއް ނުލިބޭނެ ކަމަށެވެ.

އެމެރިކާ އިސްވެ ހުރެ އިރާންގެ ތެލުގެ ވިޔަފާރި ހަލާކުކޮށް، އިގްތިސާދު ނައްތާލަން އުޅެނީ އިރާން ދުނިޔޭގެ ޗާޓުން ފޮހެލަން ކަމަށާއި، އެކަމަކު އެހެން އެކަން ނުވާނެ ކަމަށް ބެހެރޯޒް ވިދާޅުވި އެވެ.

ސެންޓިރެފިއުޖެސް ބޭނުންކުރަން ފެށުމުން، މައްސަލަ ބޮޑުވެފައިވާ އިރާނާއި އެމެރިކާގެ ގުޅުން މިހާރު އިތުރަށް މައްސަލަ ބޮޑުވެފަ އެވެ. މިކަމާ ގުޅިގެން އަދި ސީދާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިރާނަށް ބަހުގެ ހަމަލާތަށް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ޓްރަމްޕު ހިތްހަމަ ނުޖެހިފައިވާކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.