އަހުމަދު ރިލްވާން

ރިލްވާންގެ ކަށު ނަމާދު ކުރުމަށް މަޝްވަރާ ކުރަނީ

Sep 8, 2019
2

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ކަށު ނަމާދު ކުރުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އޮގަސްޓު 8، 2014 ވަނަ އަހަރު ގެއްލުނު ރިލްވާން މަރުވެފައިވާ ކަން ކަށަވަރުވެފައި ކަން ހާމަކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަން އިންނެވެ.

އެހެން ކަމުން ރިލްވާންގެ އާއިލާ އިން ވަނީ އޭނާގެ ކަށު ނަމާދު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން "އަވަސް" އާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރިލްވާންގެ ކަށު ނަމާދު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި އެހެން ނަމަވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހަގީގަތް ނޭނގި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދެމިއޮތް ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރުތައް ބަލާ ކޮމިޝަން އިން ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭނާ ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ޑިންގީއަކަށް އެރުވި އެވެ. އެއަށް ފަހު ދޯންޏަކަށް އަރުވައި ދަލެއްގައި އޮޅާލުމަށް ފަހު ޝަހާދަތް ކިޔުވައި ކަރު ބުރިކޮށްލި އެވެ.