ހަބަރު

ކަނޑުމަތީގެ ހާދިސާއެއް ހިންގުން އެނގޭނެ ނިޒާމެއް ގާއިމުކުރަނީ

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ކޯސްޓް ގާޑް އަދި އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލުމާއި، ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެނގޭނެ ނިޒާމެއް ގާއިމްކުރުން ފަދަ ކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.