ފަޒްނާ އަހުމަދު

"ތިބާ ސައިކޮލޮޖީ" ކްލިނިކު ހުޅުއްވައި ދެއްވައިފި

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު "ތިބާ ސައިކޮލޮޖީ" ކުލްނިކް ހުޅުވައި ދެއްވައިފި އެވެ.

ރޭ ހުޅުވައި ދެއްވި ތިބާ ސައިކޮލޮޖީ ކްލިނިކަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުވި ކްލިނިކެކެވެ. އެ ކްލިނިކް ހުޅުވައި ދިނުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފަޒުނާ ވިދާޅުވީ، ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަ ހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެކަމަނާ ވަނީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ އެއީ އުފާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.