ހަބަރު

ޓޫރިޒަމް އިޝްތިހާރު ކުރަން ޔޫކްރޭންގެ ޓީމެއް ރާއްޖެއަށް

Sep 9, 2019
1

ރާއްޖެ އިޝްތިހާރު ކުރަން ޔޫކްރެއިންގެ ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ 45 މީހަކު ރާއްޖެ ގެނެސްފި އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޔޫކްރެއިންގެ ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ 45 މީހަކު ރާއްޖެ ގެނެސްދިނީ ރިސޯޓް ލައިފުންނެވެ.

ޔޫކްރެއިންގެ އެ ޓީމުގައި ނޫސްވެރިންނާއި ބްލޮގަރުން ހިމެނެ އެވެ. އެ މީހުން ރާއްޖޭގައި ތިބޭނީ ކަނޑިންމަ ރިސޯޓާއި ރިއު ހޮޓެލްސް މޯލްޑިވްސްގަ އެވެ.

އެމްއެމްޕީއާރުސީން ދަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެކި ގައުމުތަކުގެ ނޫސްވެރިންނާއި ބްލޮގަރުން ރާއްޖެ ގެންނަމުންނެވެ. މި އަހަރު މީގެ ކުރިން ވަނީ ޗައިނާ އާއި އިންޑިއާ އާއި އެމެރިކާ އާއި އިނގިރޭސިވިލާތުންގެ އިތުރުން ކޮރެއާގެ ނޫސްވެރިން ގެނެސްފަ އެވެ.

ކުރިން އެމްއެމްޕީއާރްސީން ރާއްޖެގެ ނޫސްވެރިން އެ މީހުންގެ ކަންކަމުގައި ބޭނުން ކުރެއެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު އެކަން ވަނީ ހުއްޓާލާފަ އެވެ. ފެއާތަކުގައި ވެސް ދިވެހި ނޫސްވެރިން ބޭނުމެއް . ނުކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން މީހުން ވަނީ އައިސްފަ އެވެ. އަދި ޖުލައި މަހުގެ ނިޔަލަށް ޔޫކްރެއިން އިން 7،263 މީހުން އައިސްފައިވެ އެވެ.