ބޭރު ކުޅިވަރު

ބާސެލޯނާގެ ކުރީގެ ކީޕަރަށް ޔުނައިޓެޑުގައި އިހާނެތިކޮށް ހަދަނީ

Aug 4, 2015

ބާސެލޯނާގެ ކުރީގެ އެއްވަނަ ކީޕަރު ވިކްޓަރ ވަލްޑޭޒް އަށް އިހާނަތިކޮށް ހަދާތީބވެ އެކުލަބުގެ ސްޕޭން ކުޅުންތެރިން ހިތްހަމަނުޖެހިފައި ތިބި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

އަށާރަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑަށް ގެންދިޔަ ކީޕަރު މިހާރު ވަނީ މުޅިން ބާކީކޮށްފަ އެވެ. އާ ސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑުން ކުރި ދަތުރުތަކުގައި ވެސް އޭނާ ބައިވެރި ކޮށްފައި ނުވާއިރު އިއްޔެ ވަލްޑޭޒް ޓްރޭނިން އަށް ދިޔައިރު އޭނާގެ ޖާޒީތައް ޗޭންޖިން ރޫމުގައި ވެސް ނެތެވެ. އެތަކެތި ހުރީ 21 އަހަރުގެ ދަށުގެ ޓީމުގެ ޗޭންޖިން ރޫމަށް ބަދަލުކޮށްފަ އެވެ.

އޭނާ ވަނީ ޖާޒީތައް ހުރި ޗޭންޖިންރޫމުގައި އިނދެ ފޮޓޯއެއް ނަގައި އާއްމުވެސްކޮށްފަ އެވެ.

ވިކްޓަރ ވަލްޑޭޒް އަކީ ބާސެލޯނާގައި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ފަސް ފަހަރު ސްޕޭނުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދާފައިވާ މޮޅު ކީޕަރެކެވެ. 2014 ވަނަ އަހަރު އެކުލަބު ދޫކޮށްލަން މެދުނުކެނޑި 14 އަހަރު ބާސެލޯނާގެ އެއްވަނަ ކީޕަރުކަންކުރި ވަލްޑޭޒް ވަނީ ސްޕޭނުގެ ގައުމީ ޓީމު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު ޓީމުގައި ވެސް ހިމެނިފަ އެވެ.

އޭނާއާ މެދު މެންޗެސްޓާގެ މިހާރުގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް ވެންހާލް ހިތްހަމަނުޖެހުނީ 21 އަހަރުނަ ފަށުގެ ޓީމަށް ކުޅެން ބުނުމުން އެކަމަށް އިންކާރުކުރުމުން ކަމަށްވެ އެވެ. ނަމަވެސް ވަލްޑޭޒް ވަނީ އެ ޓީމާއެކު އޭނާ ފަރިތަކުރަނިކޮށް ނަގާފައިވާ ފޮޓޯތައް އާއްމުކޮށް އިހްތިރާމްކުރުމަށް ގޮވާލައިފަ އެވެ.

އޭނާގެ އިތުރުން މެންޗެސްޓާގައި ތިބި ސްޕޭން ކުޅުންތެރިންނަކީ އެއްވަނަ ކީޕަރު ޑޭވިޑް ޑެހެޔާ އާއި މިޑްފީލްޑަރު ހުއާން މާޓާ އެވެ.