ހަބަރު

އޭޖީ އޮފީހަށް ޕީއެސްއަކު ހަމަޖައްސައިފި

Sep 9, 2019

އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މާގަމަށް އައްޔަން ކުރީ އަހުމަދު ޝިޔާއު އެވެ. އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. އެ ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭޖީ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރި ޝިޔާއު ވަނީ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. އަދި ވިލާ ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިޕްލޮމާ ހާސިލު ކުރެއްވި އެވެ.

ޝިޔާއު ވަނީ މީގެ ކުރިން ޑިފެންސް މިނިސްޓްރީއާއި އިސްލާމިކް ޔުނިވާސިޓީގެ ޑިރެކްޓަރެއްގެ މަގަމު އަދާ ކުރައްވައިފަ އެވެ. އަދި އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އެޑްމިނިސްޓްރޭޝަން ކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި ސްޓާ ޕަބްލިކޭޝަންސް ޕްރައިވެޓް ލިމިޓެޑްގެ އެޑްމިނިސްޓްރޭޝަން ކަން އަދާ ކުރެއްވި އެވެ.