ދުނިޔެ

ހިޒްބުﷲ އިން އިޒްރޭލްގެ ޑްރޯންއެއް އަތުލައިފި

ލުބްނާނުގެ ހިޒްބުﷲ އިން އިޒްރޭލުގެ ޑްރޯންއެއް އަތުލައިގެންފި އެވެ. މި ޑްރޯން އަތުލައިގަތީ ރާމްޔާގެ އުތުރުގެ އަވަށަކުންނެވެ. ޑްރޯން ފެނުނު ވައިގެ އުޅަނދުގައި މީހަކު ނެތްކަމަށް މީޑިއާތަކުން ވަނީ ޔަޤީން ކޮށްދީފައެވެ.

އިޒްރޭލުގެ ޑްރޯން މިހާރުވަނީ ހިޒްބުﷲ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގަ އެވެ.

ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ވަނީ ބޯޑަރު ސަރަހައްދުގައި ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އިޒްރޭލުން ވަނީ ލުބްނާނުގެ ބެކާ ވެލީގައި ހިޒްބުﷲ އިން މިސައިލް އުފައްދާ ކަމަށްބުނެ ތުހުމަތުތަކެއް ވެސް ކޮށްފައެވެ.