ހަބަރު

މިއަދުވެސް، ޝަހުޝު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މީހަކު އުޅެފި

ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މިއަދުވެސް މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

ޝަހުޝު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މިއަދު ހިފަހައްޓާފައިވާއިރު އިއްޔެވެސް ވަނީ ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓާފަ އެވެ.

ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން މިއަދު އުޅުނު އުޅުނީ ފިރިހެނެކެވެ. ނަމަވެސް އެއީ ކޮން ގައުމަކުން ރާއްޖެ އައި މީހެއް ކަމެއް އިމިގްރޭޝަނުން އަދި ބުނެފައެއް ނުވެ އެވެ. އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. ހަމައެކަނި އާންމު ކުރީ އެ މީހާގެ ފޮޓޯއެކެވެ. ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނިކޮށް އިއްޔެވެސް އަތުލައިގަތީ ފިިރިހެނެކެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްޝު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. މިކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިޔުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.