ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާދަމާ ރ. އަތޮޅަށް ވަޑައިގަންނަވަނީ

Sep 10, 2019
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ރ. އަތޮޅުގެ ދެ ރަށަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް، އިބްރާހިމް ހޫދު ވިދާޅުވީ މާދަމާ ހެނދުނު ރައީސް ރ. އަތޮޅަށް ވަޑައި ގަންނަވާނެ ކަމަށާއި ދަތުރުފުޅުގައި ދެ ރަށަކަށް ވަޑައިގަންނަވާއިރު ފުރަތަމަ ވަޑައިގަންނަވާނީ ރ. އަލިފުއްޓަށް ކަމަށެވެ. އަދި އޭގެ ފަހުން ރ. މީދޫއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ރައީސް އަލިފުއްޓަށް ވަޑައިގެން މާދަމާ އެ ރަށު ސްލޫކްގެ 50 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި މީދޫއަށް ވަޑައިގެން އެ ރަށުގެ ހާލަތު ވެސް ބައްލަވާ ލައްވާނެ އެވެ.