އެޕަލް

އައިފޯން 11 ލޯންޗު ކޮށްފި، 699 ޑޮލަރަށް

ގިނަ ބައެއްގެ މެދުގައި މަގްބޫލު، އެޕަލް ކުންފުނީގެ އާ ފޯނުތަށް މިރޭ ލޯންޗު ކޮށްފި އެވެ. މިރޭ ލޯންޗު ކޮށްފައިވަނީ ތިން ފޯނެކެވެ. އެއީ އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް އެވެ.

ސްޓީވް ޖޮބްސް މެމޯރިއަލް ތިއޭޓާ ހޯލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ތިން ފޯނުގެ ވެސް އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އެޕަލްއިން ފާހަގަ ކޮށްފައިވަނީ ފޯނުތަކުގެ ކެމެރާ އަދި ބެޓްރި ޕަވާ އެވެ. އެގޮތުން އައިފޯން 11 ގެ ފަހަތުގައި ދެ ކެމެރާ ހުންނައިރު 11 ގަނޑިއިރަށް މި ފޯނުގެ ބެޓްރި ހިފަހައްޓާނެ އެވެ. އަދި އައިފޯން 11 ޕްރޯ އާއި އައިފޯން 11 ޕްރޯ މެކްސްގެ ފަހަތުގައި ތިން ކެމެރާ ހުންނައިރު ސާދަ ގަނޑިއިރު ވަންދެން ބެޓްރި ހިފަހައްޓާދޭނެ އެވެ.

އައިފޯން 11

އައިފޯން 11ގެ ފީޗާސްތަކަށް ބަލާއިރު ފޯނުގެ ފަހަތުގައި ހިމެނޭ ދެ ކެމެރާއަކީ ވައިޑް ކެމެރާ އަކާއި ވީޑިއޯއަށް ހާއްސަ ކެމެރާއެކެވެ. މި ކެމެރާގެ ކޮލިޓީއަކީ 12 އެމްޕީ އެވެ. ފޯނުން އެންމެ މަތީ ކޮލިޓީގެ ވީޑިއޯ ކުރެވެން ހުންނާނެ އެވެ. ޕްރައިމަރީ ކެމެރާ ނުވަތަ ސެލްފީ ކެމެރާއިން ސްލޯ މޯޝަން ވީޑިއޯ ކުރެވެން ހުރެ އެވެ. މިއީ މުޅިން އާ ފީޗާ އެކެވެ. އަދި ނައިޓް މޯޑު ފޮޓޯ ވެސް ނެގެން ހުރެ އެވެ. ނައިޓް މޯޑް ފޮޓޯ އަކީ ވެސް އަައިފޯނަށް މުޅިން އަލަށް ތައާރަފްކުރި ފީޗާ އެކެވެ.

މި ފޯނުގެ ބެޓްރި ޕަވާއަކީ 3110 އެމްއޭޗް އެވެ. އެހެންކަމުން ފޯނުގެ ޗާޖު 11 ގަނޑިއިރަށް ހުންނާނެ އެވެ. ދިގު މިނުގައި 6.1 އިންޗި ހުންނާ އެވެ. ފޯނުން ދެ މިނިޓު ވަންދެން ވޯޓާ ރެސިސްޓެންޓް ކޮށްދޭނެ އެވެ. ތަފާތު ހަކުލައަކުން އައިފޯން 11 ބާޒާރަށް ނެރޭއިރު، އެ ކުލަތަކަކީ، ހުދު، ކަޅު، ރަތް، ފެހި، ރީދޫ އަދި ދަނބު ކުލަ އެވެ.

އައިފޯން 11 އަގަކީ 699 ޑޮލަރެވެ.

އައިފޯން 11 ޕްރޯ

ދެވަނައަށް މިރޭ ލޯންޗު ކޮށްފައިވަނީ އައިފޯން 11 ޕްރޯ އެވެ. މި ފޯނުގައި ތިން ކެމެރާ ހުންނައިރު އޭގެ އެއް ކެމެރާ ހާއްސަ ކޮށްފައިވަނީ ޓެލެފޮޓޯގްރަފީ އަށެވެ. އަނެއް ދެ ކެމެރާ އަކީ ވައިޑް ކެމެރާ އަކާއި އަލްޓްރާ ވައިޑް ކެމެރާ އެކެވެ. މި ފޯނުގެ ވެސް ކެމެރާ ކޮލިޓީ އަކީ 12 އެމްޕީ އެވެ. އައިފޯން 11 ޕްރޯގެ ބެޓްރި ސާދަ ގަނޑިއިރު ވަންދެން ހިފަހައްޓާދޭނެ އެވެ. ފޯނުގެ ބްޓްރި ޕަވާއަކީ 3190 އެމްއޭޗް އެވެ. ފޯނުގެ ދިގު މިނުގައި 5.8 އިންޗި ހުންނައިރު ފޯނުގެ ސްޓޯރޭޖް މެމޮރީގައި 128 ޖީބީން ހުންނާނެ އެވެ.

މި ފޯނުން ވެސް އެންމެ މަތީ ކޮލިޓީގެ ވީޑިއޯ ނަގައި އަދި އެވީޑިއޯ ރަނގަޅު ފެންވަރަކަށް އެޑިޓް ކުރެވޭނެ ފީޗާސް ވަނީ ހިމަނާފަ އެވެ. ފޯނުގެ އަގަކީ 999 ޑޮލަރެވެ. އައިފޯން 11 ޕްރޯ ލިބެން ހުންނާނީ ތިން ކުލައިންނެވެ. އެއީ ސްޕޭސް ގްރޭ، ގޮލްޑް އަދި ސިލްވާ އެވެ.

އައިފޯން 11 ޕްރޯ މެކްސް

މިރޭ ތިން ވަނައަށް ލޯންޗުކުރީ އައިފޯން 11 ޕްރޯ މެކްސް އެވެ. ފޯނުގައިވެސް ތިން ކެމެރާ ހުންނައިރު އޭގެ އެއް ކެމެރާ ހާއްސަ ކޮށްފައިވަނީ ޓެލެފޮޓޯގްރަފީ އަށެވެ. އަނެއް ދެ ކެމެރާ އަކީ ވައިޑް ކެމެރާ އަކާއި އަލްޓްރާ ވައިޑް ކެމެރާ އެކެވެ. މި ފޯނުގެ ވެސް ކެމެރާ ކޮލިޓީ އަކީ 12 އެމްޕީ އެވެ. އައިފޯން 11 ޕްރޯގެ ބެޓްރި ސާދަ ގަނޑިއިރު ވަންދެން ހިފަހައްޓާދޭނެ އެވެ. ފޯނުގެ ބްޓްރި ޕަވާއަކީ 3500 އެމްއޭޗް އެވެ. ފޯނުގެ ދިގު މިނުގައި 6.5 އިންޗި ހުންނައިރު ފޯނުގެ ސްޓޯރޭޖް މެމޮރީގައި 128 ޖީބީން ހުންނާނެ އެވެ.

މި ފޯނުން ވެސް އެންމެ މަތީ ކޮލިޓީގެ ވީޑިއޯ ނަގައި އަދި އެވީޑިއޯ ރަނގަޅު ފެންވަރަކަށް އެޑިޓް ކުރެވޭނެ ފީޗާސް ވަނީ ހިމަނާފަ އެވެ. ފޯނުގެ އަގަކީ 1099 ޑޮލަރެވެ. އައިފޯން 11 ޕްރޯ ލިބެން ހުންނާނީ ތިން ކުލައިންނެވެ. އެއީ ސްޕޭސް ގްރޭ، ގޮލްޑް އަދި ސިލްވާ އެވެ.

އެޕަލް އިން މައުލޫމާތު ދޭ ގޮތުގައި މިރޭ ލޯންޗުކުރި ހުރިހާ ފޯނެއް ވެސް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެޕަލް ސްޓޯއިން ލިބެން ހުންނާނެ އެވެ. މިރޭގެ ރަސްމިއްޔާތުގެ އައިފޯނުގެ އިތުރުން އެޕަލް އައިފެޑް އޯސް އާއި އެޕަލް ގަނޑީގެ ސީރިސް ފަހެއް ވެސް ވަނީ ލޯންޗު ކޮށްފަ އެވެ.