ބޭރު ކުޅިވަރު

އަޔެކްސް ޗެމްޕިއަންސް ލީގަށް ނުހޮވުނު

Aug 5, 2015

ނެދަލޭންޑްސްގެ މަޝްހޫރު ކުލަބު އަޔެކްސް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަށް ނުހޮވި ރޭ ކަޓައިފި އެވެ.

މުބާރާތުގެ ކޮލިފައިންގައި ރޭ އެ ޓީމު ބަލިވީ އޮސްޓްރިއާގެ ރެޕިޑް ވިއެން އަތުން 3-2 އިންނެވެ. ރޭ އަޔެކްސްގެ ދަނޑުގައި ކުޅުނު މެޗުގެ ކުރިން މި ދެ ޓީމު އޮސްޓްރިއާގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންވެ. މިހެންވެ ދެ މެޗުގެ އެގްރީގޭޓުން އަޔެލްސް ކެޓީ 5-4 އިންނެވެ.

ނެދަލޭންޑްސްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފްރޭންޑް ޑިބޯ ކޯޗުކޮށްދެމުން އަންނަ އެ ގައުމުގެ ޗެމްޕިއަން ޓީމު ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ނުހޮވުނުއިރު އަޔެކްސް އަކީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ.

މުބާރާތުގެ ގްރޫޕް ފިޔަވަހިން ޖާގަ ހޯދި އަނެއް ޓީމަކީ ފްރާންސްގެ މޮނާކޯ އެވެ.