ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އެ އަތޮޅު މީދޫ އަދި އަލިފުއްޓަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ އަލިފުށީ ސުކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުގައި މީދޫއަށް ވަޑައިގެން އެ ރަށުގެ ހާލަތު ވެސް ބައްލަވާ ލައްވާނެ އެވެ.