ހަބަރު

ޑިޒާސްޓާ މެނޭޖްމަންޓުގެ އާ ލޯގޯ އިފްތިތާހުކޮށްފި

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އާ ލޯގޯ އިފްތިތާހުކޮށްފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނީ، ލޯގޯ އަށް ބަދަލު ގެނައީ ސެންޓަރަކުން އޮތޯރިޓީ އަކަށް ބަދަލުވެ ތަނުގެ ހިންގުމަށް އައި ބަދަލާ ގުޅިގެން ކަމަށެވެ. މި ލޯގޯ އިން ދައްކުވައިދެނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހުރިހާ އެންމެން ގުޅިގެން، އެ މީހުންގެ އެއްބާރުލުމާއެކު ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މުހިއްމު ކަމެވެ.

އަދި، މި ލޯގޯ ގައި އެކުގައި ވިލުންވެރި ރާއްޖެ އަކަށް ވާސިލް ވުމަށް ކުރާ ދަތުރުވެސް ފެންނާނެ ކަމަށް ޑިޒާސްޓާ އިން ބުނެ އެވެ.