ބޭރު ކުޅިވަރު

ޒެކޯ ރޯމާ އަށް

Aug 5, 2015

މެންޗެސްޓާ ސިޓީގެ ބޮސްނިއާ ފޯވަޑް އެޑިން ޒެކޯ އިޓަލީގެ ރޯމާ އަށް ބަދަލުވާން ނިންމައިފި އެވެ.

ސިޓީ އޭނާ ވިއްކާން އެއްބަސްވެފައިވަނީ 14 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

އުމުރުން މިހާރު 29 އަހަރުގެ ކުޅުންތެރިޔާ އަކީ 2011 ވަނަ އަހަރު ޖަރުމަނުގެ ވުލްފުސްބާގުން 27 މިލިއަން ޕައުންޑަށް ގެނެސްފައިވާ ފޯވަޑެކެވެ.

ސިޓީން އޭނާ ދޫކޮށްލަން ނިންމީ ލިވަޕޫލްގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިން އެކުލަބަށް ގެނައުމަށްފަހު އެވެ.

ޒެކޯ އަކީ 2013 ވަނަ އަހަރުގެ ސީޒަނުގައި ސިޓީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ސީޒަނުގައި އޭނާ 26 ގޯލުޖެހިއިރު ލީގުގައި 15 ގޯލު ޖެހި އެވެ. އެކަމަކު މިދިޔަ ސީޒަނުގައި ކުޅުނު 32 މެޗުގައި ޖެހުނީ އެންމެ ހަ ގޯލެވެ.