ކުޑަކުދިންނަށް ހާއްސަ
1. ވޮލްޓްރޮން - ލެޖެންޑަރީ ޑިފެންޑާ (އާ އެޕިސޯޑްތަކެއް)
ހޯމައިން ބުރާސްފައްޗަށް 16:00 ގައި ޑްރީމްވޯކްސް އެޗްޑީ އިން ދައްކާން (ޗެނަލް 838)
ސައިންސް ފިކްޝަން މި ސީރީޒް ގައި ޒުވާން ކުދިންތަކެއް ރޮބޮޓިކް ވެހިކަލްތަކެއް ޖާދުލުގެ އެކީގައި ކިންގް ޒާކޮންގެ އީވިލް އޭލިއަން ފޯސްއާ ދެކޮޅަށް ކުރާ ބޮޑު ހަނގުރާމައެއް ދައްކާނެ އެވެ. އިންޓަ ގެލެކްޓިކް މި ހަނގުރާމައިގައި އެންމެ ފަހުވަގުތު ސަލާމަތްވެފައި މިހާރު ތިބީ ފަސް ކުދިންނެވެ. މި ހަފްތާގެ އެޕިސޯޑްގައި ދުނިޔެ ސަލާމަތް ކުރުމަށްފަހު ޕެލަޑިންސް މަސައްކަތް ކުރާނީ ނުބައި ރޭވުންތައް ރާވާ ހޮނާވާގެ އެންމެ ބޮޑު ރޭވުމުން ޖާދުލުގެ އެހީގައި ސަލާމަތް ވާށެވެ.
2. ޓޮޕް ވިންްގް (އާ އެޕިސޯޑްތަކެއް)
ހޯމައިން ހުކުރަށް 07:15 ގައި ނިކް ޖޫނިއާ އިން ދައްކާނެ (ޗެނަލް 207)
ހަތަރު އެކުވެރިންގެ ޓޮޕް ވިންގް ކާޓޫނުގައި އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ކުޑަކުދިންނަށް ދަސްކޮށްދޭނެ އެވެ. މި ގްރޫޕްގެ ރެސްކިއު ބާޑްސްއަށް ދިމާވާ ކަންކަން ހައްލު ކުރުމުގައި ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށް އެކުގައި ގުޅިގެން އުޅުމުން ކާމިޔާބު ލިބޭނެ ކަން ބުނެދެ އެވެ. މި ހަފްތާގައި ދައްކާ އާ އެޕިސޯޑްތަކުގައި ޓޮޕް ވިންގްގެ ހަތަރު ދޫންޏަށް އިންސްޕެކްޓާ އީގަލް ޓާސްކެއް ހަވާލު ކުރެ އެވެ. އެއީ، ޓްރެޝާ ހަންޓެކެވެ. އެ ޓްރެޝާތައް ހޯދާނެ ގޮތާއި، ރޮންޑާގެ އާއިލާ މީހުންނާއެކު ބާއްވާ ބޮޑު ފެމިލީ ރީޔޫނިއަންއެއްވެސް މި ހަފްތާގެ އެޕިސޯޑުގައި ފެންނާނެ އެވެ.
އިނގިރޭސި ސީރީޒް
3. މާސްޓާ ޝެފްް ޔޫ.އެސް: ސީޒަން 10 (ސީޒަން ފިނާލޭ) - ޔޫއެސް އާ އެއްދުވަހެއްގައި
ސެޕްޓެމްބަރު 19، ބުރާސްފަަތި ދުވަހުގެ 17:00 ގައި ފޮކްސް ލައިފް އެޗްޑީ އިން ދައްކާން (ޗެނަލް 810)
މާސްޓާ ޝެފް ޔޫއެސްގެ ސީޒަން 10 ފަށައިގެން މިއަހަރުގެ މޭ މަހު ފަށައިގެން ވަރަށް ވާދަވެރިކޮށް ކުރިއަށްގޮސް މި ހަފްތާގައި މިއޮތީ އެންމެ އިންތިޒާރު ކުރި ފިނާލޭ އެޕިސޯޑް އެވެ. ޔޫއެސްއާ އެއްދުވަހެއްގައި ޕްރިމިއާ ކުރާ އިރު މި ހަފްތާގެ އެޕިސޯޑްގައި 10 ވަނަ ސީޒަންގެ ޓައިޓްލް ލިބޭ ފަރާތް އެނގޭނެ އެވެ. ދެ ގަޑި އިރުގެ ފިނާލޭ އެޕިސޯޑުގައި 250،000 ޑޮލަރުގެ އިނާމާއި މާސްޓާ ޝެފްގެ ޓައިޓްލް އަށް ވާދަަ ކުރާނީ ޑޯރިއަން ހަންޓާ، ނިކްް ޖޮވާނީ އަދި ސާރާ ފެންޓީ އެވެ. 20 ބައިވެރިންނާއެކު ފެށި މި ރޭހުގެ ޓައިޓްލް ވިނާ ވާދަވެރި މި ހަފްތާގައި ފެންނާނެ އެވެ.
4. އެމެރިކަން ހޮރޯ ސްޓޯރީސް: 1984 (ޕްރިމިއާ) - ޔޫއެސް އާ އެއްދުވަހެއްގައި
ސެޕްޓެމްބަރު 19، ކޮންމެ ބުރާސްފައްޗެއްގައި 19:00 ގައި އެފްއެކްސް އެޗްޑީ އިން ދައްކާނެ (ޗެނަލް 813)
ރަޔަން މާފީ އާއި ބްރެޑް ފަލްޗަކް އުފައްދައިގެން އެފްްއެކްސް އިން ގެނެސްދޭ މި ބިރުވެރި ސީރީޒްގެެ ނުވަ ވަނަ ސީޒަން މި ހަފްތާގައި ޕްރިމިއާ ކުރާނެ އެވެ. އާ ސީޒަނެއް ޕްރިިމިއާ ކުރާއިރު މިފަހަރުގެ ސީޒަން އަށް ކިޔަނީ "އެމެރިކަން ހޮރޯ ސްޓޯރީޒް: 1984" އެވެ. މި ސީޒަންގައި މަޝްހޫރު ބިރުވެރި ވާހަކަތަކަށް ބިނާ ކޮށް އެޕިިސޯޑްތައް ގެންނައިރު އޭގެ ތެރޭގައި "ފްްރައިޑޭ ދަަ 13"، "ހެލޮވީން" އަދި " އަ ނައިޓްމެއާ އޮން އެލްްމް ސްޓްރީޓް" ހިމެނެ އެވެ.
ކުރީ ސީޒަންތަކުވެސް މަގުބޫލުކަން ހޯދާފަައިވާ ތަަރިން ކަމުގައިވާ، އެމާ ރޮބާޓްސް، ސަރާ ޕޯލްސަން، ބިިލީ ލޯޑް އަދި ކޯޑީ ފާން ފަދަ އެކްޓަރުން މި ސީޒަންގައި އެނބުރި އަންނާނެ އެވެ.
އިންފޮޓެއިންމަންޓް
5. ލޮސްޓް ޓްރެޝާޒް (ޕްއިމިއާ)
ސެޕްޓެމްބަރު 21، ހޮނިހިރު ދުވަހު 17:00 ގައި ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ އިން ދައްކާނެ (ޗެނަލް 820)
ތާރީހީ ޑޮކިއުމެންޓްރީ ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ "ލޮސްޓް ޓްރެޝާސް"ގެ އާ ބައެއް މިހަފްްތާގައި ދައްކާނެ އެވެ. ދުނިޔޭގެ އެންމެ ގަދީމީ ވާހަކަތައް ކިޔައިދޭ މި ސީރީޒްގައި ކުރީގެ ރަސްރަނިންނާއި ގަަނޑުވަރުތަކުގައި ފޮރުވިފައިވާ ސިއްރުތައް ހާމަ ކުރާނެ އެވެ. އެ ސަރަހައްދުތަކުގެ އޭރުގެ ހާލަތާއި ގަނޑުވަރުތަކުގައި މީހުން އުޅުނު ގޮތާއި ގެއްލިފައި ހުރި މި ސިއްރުތަކާއި ހާދިސާތައް އަަލުން ދައްކާލާއިރު މި ހަފްތާގައި އޮތީ "ޕެޓްރާ" އެވެ.
ޖޯޑަންގެ ސަހަރާތަކުގައި ފޮރުވިފައިވާ ޕެޓްރާއަކީ ތާރީހީ ހަޒާނާ އެކެވެ. މި ސަރަހައްދަަށް "ސްޓޯން ސިޓީ އޮފް ޕެޓްރާ" ކިޔާއިރު މިއީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސަައިޓެއްގެ ގޮތުގަ އާއި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައިވެސް ކަނޑައަޅާފަައިވާ ތަނެކެވެ.
ފިލްމު
6. މެރީ ޕޮޕިންސް ރިޓާންސް (ޕްރިމިއާ)
ސެޕްޓެމްބަަރު 21، ހޮނިހިރު ދުވަހު 18:00 ގައި ފޮކްސް އެކްޝަން މޫވީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 800)
1964ގައި ގެނެސްްދިން މި ކްލެސިކް މިއުސިކަަލް ފެންޓަސީ ފިލްމުގެ ރީމޭކް އެއް މިދިޔަ އަހަރު ރިލީޒްކޮށްފަައިވާއިރު މި ފިލްމު ފޮކްސް އެކްޝަން މޫވީސް އިން މި ހަފްތާގައި ޕްރިމިއާ ކުރާނެ އެވެ. ރޮބް މާޝަަން ޑައިރެކްޓުކޮށް ގެނެސްދޭ މި ސީކުއެލްގައި ދައްކުވައިދޭނީ ޖޭން އާއި މައިކަލް ބޭންކްސްގެ ނެނީ، ދިމާވާ ހާދިސާ އަކަށްފަހު އަހަރެއް ކޮށްފައި އެނބުރި އަންނަތަނެެވެ. ފިލްމުގައި މެރީ ޕޮޕިންސްގެ ރޯލު ކުޅުނު އެމިލީ ބްލަަންޓްގެ އެކްޓިން އަަށް ލިބުނު ތައުރީފާ އެއްވަރަށް މި ފިލްމު ވެގެންދިޔައީ ވެސް ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައި މަގުބޫލު ފިލްމަކަށެވެ. އަަދި، ބޮކްސް އޮފީހުގައި 350 މިލިއަަނަަށް އެރި އިރު ފިލްމުވަނީ ގޯލްޑަން ގްލޯބް އާއި ބަފްޓާ އެވޯޑަށްވެސް ނޮމިނޭޓްވެފަ އެވެ.
7. ޑިސްޓްރޯޔާ (ޕްރިމިއާ)
ސެޕްޓެމްބަރު 16، ހޯމަ ދުވަހު 18:00 ގައި ފޮކްސް މޫވީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 800)
ނިކޯލް ކިޑްމަން ލީޑް ކުރާ މި ކްރައިމް ފިލްމުގައި ދައްކުވައިދޭނީ ލޮސް އެންޖަލަސްގެ ޕޮލިސް ޑިޕާޓްމަންޓުން އަންޑަކަވާ އަށް ނިކުންނަ ހިސާބުން ދިމާވާ ހާދިސާތަކެވެ. އަންޑަކަވާ އަށް ދާން ފުލުހަށް ޖެހޭނީ ކެލިފޯނިއާގެ ގޭންގަކާއެކު އެވެ. އަދި ގޭންގާ ގުޅޭ ހިސާބުން ދިމާވާ ކަންކަން މި ފިލްމުގައި ކިޔައިދޭނެ އެވެ. ކަރީން ކުސާމާ ޑައިރެކްޓުކޮށް ރިލީޒްކުރި މި ފިލްމުވަނީ ބޮކްސް އޮފީހުގައި 5.5 ބިލިއަަންގެ އާމްދަނީ އެއް ހޯދާފަ އެވެ. އަދި މިއީ ނިކޯލް ކިޑްމަންގެ ފިލްމުތަކުން ފާހަގަކޮށްލެވޭ މޮޅު ފިލްމެއް ކަމަށްވެސް ފިލްމު ކްރިޓިކުން ބުނެ އެވެ. "ޑިސްޓްރޯޔާ" އިން ނިކޯލްވަަނީ ގްލޯބްސް އެވޯޑުގައި ބެސްޓް އެކްޓްރެސްއަށް ނޮމިނޭޓްވެސް ވެފަ އެވެ.
ހިންދީ
8. އެމްޓީވީ ހަސްލް
ހޮނިހިރު އަދި އާދިއްތާގައި 18:30 ގައި އެމްޓީވީ އެޗްޑީ ޕްލަސް އިން ދައްކާނެ (ޗެނަލް 855)
އެމްޓީވީ ހަސްލް އަކީ އިންޑިއާގެ ފުރަތަމަ ރެޕް ރިއަލިޓީ ޝޯ އެވެ. ރަފްތާރު، ނިއުކްްލިއާ އަދި ރާޖާ ކުމާރު ޖަޖުންގެ ގޮތުގައި ފެންނަ މި ޝޯގައި އެންމެ ގަަދަަ 12 ބައިވެރިން ވާދަ ކުރާނީ އިންޑިއާގެ ރެޕް ސްޓާ އަށް ވުމަށެވެ. މި ހަފްތާގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބެންގަލޫރުގެ ރެޕާ ވިގްނޭޝް ޝިވް އާނަންދު ނުވަތަ ބްރޯދާ-ވީ ބައިވެރިވާއިރު ފޯރިގަދަ ރެޕްތަކެއް ޝޯގައި ކުރިއަށްދާނެ އެެވެ.
ސްޕޯޓްސް
9. ޕްރިމިއާ ލީގު
22 ސެޕްޓެމްބަރު، ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު 20:30ގައި އައިސްޓީވީ އެޗްޑީ (ޗެނަލް 100) އަދި ޕީއެލްޓީވީ (ޗެނަލް 880) އިން ދައްކާނެ
އަންނަ އަހަރު އޮންނަ ޔޫރޯ ކޮލިފައިންގް މެޗުތަަކާއެކު އިންޓަނޭޝަނަލް ބްރޭކަށްފަހު، އިނގިރޭސި ޕްރެމިއާ ލީގު އަލުން ފަށަނީ، ލިވަޕޫލާއި ޗެލްސީގެ ގަދަ ހިފުމަކުންނެވެ. ގޭމްވީކް ހައެއްގެ އެންމެ ފާހަގަކޮށްލެވޭ މެޗު، ޗެލްސީގެ ދަނޑު ސްޓެމްފަޑް ބްރިޖުން ދިވެހި ބެލުންތެރިންނާ ހަމައަށް އައިސް ޓީވީ އެޗްޑީ (ޗެނަލް 100) އަދި ޕީއެލް ޓީވީ (ޗެނަލް 880) މެދުވެރިކޮށް މީޑިއާނެޓުން ގެނެސްދޭނެ އެވެ.
ފަހުގެ ތާރީހަށް ބަލާއިރު، މި މެޗަކީ ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑު ކައްސާލައިގެން ބޯޅަ ގެއްލި، އެ ޓީމަށް ލީގު ތަށި އުފުލާލުމުގެ ޝަރަފު ގެއްލުނު މެޗެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލާއި ޔުރޯޕާ ލީގު ޗެމްޕިއަން ޗެލްސީ މެޗަށް ނުކުންނައިރު، މިސީޒަނުގައި މިހާތަނަށް ދެ ކްލަބުން ދެއްކި ކުޅުމަށް ބަލާއިރު، މި މެޗު ލިވަޕޫލުން ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ. ނަމަވެސް، ކުރީގެ މިޑްފީލަޑަރު ފްރޭންކް ލަމްޕާޑާއެކު ޗެލްސީން މި ސީޒަނަށް ކުރިމަތިލި ޒުވާން ސްކޮޑުން، ލިވަޕޫލަށް އެންމެ ތަންކޮޅެއްވެސް ދޫނުކުރާނެކަން ޔަގީނެވެ.
10. ޔުއޭފާ ޗެމްޕިއަންސް ލީގް
ޔޫރަޕުގެ އެންމެ ވާދަވެރި މުބާރާތްކަމަށްވާ ޔުއޭފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންވެސް ފެށުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ތެރޭގަ އެވެ. މިއަހަރުގެ ގުރޫޕު ސްޓޭޖުގެ މެޗުތަކަށް ބަލާއިރު، އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:00 ގައި ބޮރޫޝިއާ ޑޯޓްމަންޑާއި ވަރުގަދަ ބާސަލޯނާގެ މެޗު ފާހަގަކޮށްލެވޭއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލާއި ދެކޮޅަށް އިޓަލީގެ ނެޕޮލީ ނުކުންނަ މެޗުވެސް ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. އެ ދެ މެޗުވެސް ސޮނީ ޓެން 1 އެޗްޑީ (ޗެނަލް 881) އަދި ސޮނީ ޓެން 2 އެޗްޑީ (ޗެނަލް 892) އިން ވަގުތުން ފެންނާނެ އެވެ.
ޖެހިގެން އަންނަ ރޭ، ސްޕެއިންގެ ރެއާލް މެޑްރިޑް މިއަހަރުގެ ޗެމްޕިއަންސް ލީގު ސީޒަން ފަށާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާ ދެކޮޅަށެވެ. އޭގެ އިތުރުން، ހަމަ އެ ރޭ، އެތުލެޓިކޯ މެޑްރިޑާއި ޔުވެންޓަސްގެ ވަރުގަދަ ކުރިމަތިލުން ވެސް ފާހަގަކޮށްލެވެ އެވެ. އެ މެޗުތައްވެސް ސޮނީ ޓެން 1 އެޗްޑީ (ޗެނަލް 881) އަދި ސޮނީ ޓެން 2 އެޗްޑީ (ޗެނަލް 892) އިން އެރޭ ދަންވަރު 12:00 ގައި ވަގުތުން ބަލައިލުމުގެ ފުރުސަތު މީޑިއާނެޓުން ވަނީ ވަހިކޮށްދީފަ އެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގު ފެށުމުގެ ގޮތުން، ފުރަތަމަ ކުޅޭ މެޗުތަކުން ރޮނާލްޑޯ އާއި، މެސީ، ނޭމާ، ސަލާހް އަދި ހަޒާޑް ފަދަ ތަރިންގެ ހުނަރު ބަލައިލުމަށްޓަކައި، އެ ދެރޭގެ ނިދި ނަގާލުން ކޮންމެހެންވެސް ލާޒިމެވެ.