އާސަންދަ

އާސަންދައިން 698 މިލިއަން ރުފިޔާ ހޭދަކޮށްފި

އަހަރު ނިމެންދާއިރު، އާސަންދައިން މި އަހަރުގެ މިހާތަނަށް ހޭދަކޮށްފައި ވަނީ 790.9 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުގައި އާސަންދައަށް ހޭދަ ކުރަން މި އަހަރު ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބާކީ ތިން މަސް އޮތްއިރު މިހާތަނަށް ހޭދަކުރެވިފައި ވަނީ 790.9 މިލިއަން ރުފިޔާ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ސަބްސިޑީގެ ގޮތުގައި ހޭދަ ކުރަން މި އަހަރަށް ކަނޑައަޅާފައި ވަނީ 1,097.7 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން މި އަހަރުގެ މިހާތަނަށް އައިއިރު 790.9 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް ހިންގުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 7.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިހާތަނަށް ހޭދަ ކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.

މި އަހަރު ބަޖެޓުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް 24 ބިލިއަން ރުފިޔާ ޖަހާފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 16 ބިލިއަން ރުފިޔާ އެވެ. އަދި 31 ބިލިއަން ރުފިޔާގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް 18 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.