މާލޭ ހުކުރު މިސްކިތުގެ މަރާމާތުތަކެއް ކުރަން އެ މިސްކިތް ބަންދުކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ހެނދުނު ނެރުނު އިއުލާނެއްގައި ބުނީ ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ އެތަނުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކެއް ކުރުމަށް ކަމަށެވެ.
މިނިސްޓްރީ އިން އިތުރަށް ބުނީ، ހުކުރު ނަމާދާ މިހާ ގާތްވެފައި ވަނިކޮށް މިސްކިތްް ބަނދުކުރަން ނިންމީ މި ކަމަކީ މިސްކިތް ބޭނުން ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށެވެ.