އަކެޝޭ ކްމާރު

"މިޝަން މަންގަލް" ގެ ބޮޑު ކާމިޔާބުން އަކްޝޭ ޖަޒުބާތީ ވެއްޖެ

އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" މިހާތަނަށް 200 ކްރޯޑު (27.5 މިލިއަން ޑޮލަރު) ހޯދައިފި އެވެ. އަކްޝޭގެ ފިލްމަކަށް މީގެ ކުރިން 200 ކްރޯޑު ލިބިފައެއް ނުވެ އެވެ. އެހެންވެ ފިލްމަށް ލިބުނު މި ބޮޑު ކާމިޔާބީ އާއެކު އަކްޝޭ ވަނީ ވަރަށް ޖަޒުބާތީ ވެފަ އެވެ.

ފިލްމަށް ލިބުނު ކާމިޔާބުގެ ސަބަބުން އުފަލުން ހުރި އަކްޝޭ ކުރި ޓްވީޓްގައި ބުނެފައިވަނީ ފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބުނީ ފޭނުން ފިލްމަށް ދިން ލޯބިން ކަމަށެވެ.

"މިޝަން މަންގަލް" ބިނާ ކޮށްފައިވަނީ މާސް އަށް އިންޑިއާއިން ކުރާ ދަތުރަކަށެވެ. ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު ވެސް 290 މިލިއަން ރުޕީސް ލިބުނެވެ. އަދި މިއީ އަކްޝޭގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް ފުރަތަމަ ދުވަހު އެންމެ ރަނގަޅަށް ހިނގި ފިލްމަށެވެ.

ޖަގަން ޝަކްތީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް 11 ދުވަހުގެ ތެރޭގައި 1500 މިލިއަން ލިބުނެވެ. މި ފިލްމު އުފައްދާފައިވަނީ 320 މިލިއަން ރުޕީސް (4.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. ފިލްމުގައި އެންމެ މުހިއްމު ރޯލު ކުޅެނީ އަކްޝޭ ނަމަވެސް ވަރަށް ގިނަ އިތުރު ތަރިންތަކެއް ވެސް ފިލްމުގައި ހަރަކާތްތެރިވި އެވެ. އޭގެ ތެރޭގައި ވިދްޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕަންނޫ، ނިތިޔާ މެނަން އަދި ކީރްތީ ކުލްހާރި ހިމެނެއެވެ.

އަކްޝޭ ކްމާރުގެ ޓްވީޓް

"މިޝަން މަންގަލް" ރިލީޒްކުރިތާ ހަތަރު ހަފުތާ ކުރިޔަށް ދާއިރު، ބައެއް ސިނަމާތަކުގައި އަދިވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ. މި ފިލްމާއެކު އެޅުވި ޖޯން އެބްރަހަމްގެ "ބަޓްލާ ހައުސް" އަށް ވެސް މިހާތަނަށް 970 މިލިއަން ރުޕީސް ލިބިފައި ވެއެވެ. މި ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ފަހުން ރިލީޒްކުރި ޕްރަބާސް އާއި ޝްރައްދާ ކަޕޫރުގެ "ސާހޯ" އަށް މިހާތަނަށް 400 ކްރޯޑް (55 މިލިއަން ޑޮލަރު) ލިބިފައި ވިޔަސް މި ފިލްމު އެޅުވުމަކުން "މިޝަން މަންގަލް" އަކަށް ގެއްލުމެއް ނުވެ އެވެ.

އަދި މިދިޔަ ހަފުތާގައި ރިލީޒްކުރި ސުޝާންތު ސިންގް ރާޖްޕޫތުގެ "ޗިޗޯރޭ" އަށް ވެސް "މިޝަން މަންގަލް" ހުއްޓުވޭ ގޮތެއް ނުވި އެވެ.