ލައިފްސްޓައިލް

ގައިން ނުބައިވަސް ދުވަން މެދުވެރިވާ ކާނާ!

Sep 14, 2019
2

ބޭރުގައި އުޅޭ ވަގުތު ތަކުގައި ގައިން ނުބައިވަސް ދުވާނަމަ ލަދުގަނޭ ހެއްޔެވެ؟ މިފަދަ ވަގުތެއްގައި ދަބަހުން ސެންޓުފުޅި ނަގައިގެން ޖަހަން ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ގިނަ ބަޔަކު މިގޮތަށް ކަންތައް ކުރާނެ އެވެ.

ނުބައިވަސް ދުވިޔަސް އަޅާނުލާ ހުންނަން ބޭނުންވިޔަސް ކައިރީގައި ތިބޭ މީހުންގެ ކަޅިއެޅުންތަކުން ސަލާމަތެއް ނުވެވޭނެ އެވެ. ކިތަންމެ ރީއްޗަކަށް ހެދުން އަޅާ ޒީނަތްތެރިވެގެން ހުއްޓަސް ގައިން ނުބައިވަސް ނުވާނަމަ ލަދުން ބޯ ހަލާކުވާވަރު ވާނެ އެވެ.

ގައިން ނުބައިވަސް ދުވަނީ ކޮންމެ ދުވަހަކު ފެން ނުވަރާތީ ހެއްޔެވެ؟ ނޫނީ ގައިން ތާހިރު ނުވާތީ ހެއްޔެވެ؟ ނޫނެކެވެ މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އާއްމުކޮށް ފެން ނުވަރާތީ ނުވަތަ ސާފުކަން ކުޑަވެގެން ނުބައިވަސް ދުވާނަމަ ދުވާނީ ވަރަށް ގިނަ ދުވަހު އެގޮތަށް ހުރީމަ އެވެ. ގައިން ނުބައިވަސްދުވަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ކެއުމުގެ އާދަ އެވެ. ނުވަތަ ސިއްހީ މައްސަލައެއްގެ ސަބަބުން ވެސް ގައިން ނުބައި ވަސް ދުވާފާނެ އެވެ. ގައިން ނުބައިވަސް ދުވުމާއި ކައި އުޅޭ އެއްޗިއްސާ ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފަ އެވެ.

ގައިން ނުބައިވަސް ދުވަން މެދުވެރިވާ ކާނާ

* ލޮނުމެދު ކެއުމަކީ ގައިން ނުބައިވަސް ދުވާނެ ކަމެކެވެ. ގައިން ނުބައި ވަސްދުވުމުގެ އިތުރުން ލޮނުމެދު ކެއުމަކީ އަނގައިގެން ވެސް ނުބައިވަސް ދުވަން މެދުވެރިވާ ކަމެކެވެ.

* ބްރޮކޮލީ، ބްރަސެލްސް ސްޕްރައުޓްސް، ބޮނޑިކޮޕީ، ކޯލީފްލާވާ ފަދަ ތަރުކާރި ކެއުމުން ވެސް ގައިން ނުބައިވަސް ދުވާފާނެ އެވެ. ސަބަބަކީ މި ފަދަ ތަރުކާރީގައި ސަލްފާ އެކުލެވޭތީ އެވެ. ސަލްފާ އަކީ ކުނި ބިސް ވަސް ދުވާ ކަމްޕައުންޑެކެވެ.

* އެއްގަމު މަހުގެ ތެރެއިން ވެސް ރެޑް މީޓަކީ ގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ އެއްޗެކެވެ. ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެފައިވަނީ ވެޖެޓޭރިއަން ޑައިޓް ބޭނުންކުރާ މީހުންގެ ގައިން މާ މީރުވަސް ދުވަ އެވެ.

* ލޮނުމެދެކޭ އެއްގޮތަށް ފިޔާ ކެއުމުން ވެސް ގައިން ނުބައިވަސް ދުވަ އެވެ.

* އެސްޕަރަގަސް އަކީ ވެސް ގައިން ނުބައިވަސް ދުވަން މެދުވެރިވާ އެއްޗެކެވެ. އެސްޕްރަސް ކެއުމުން ކުޑަކަމުދާ އެއްޗެތީގައި ވެސް ކެމިކަލްގައި ދުވާ ކަހަލަ ވަހެއް ދުވަ އެވެ.

ނުބައިވަސް ނުދުވާ ގޮތް ހަދަން އެޅިދާނެ ފިޔަވަޅު

* ހެނދުނު ހޭލާ ގޮތަށް ދަތް އުނގުޅައިގެން ފެންވަރަަން އާދަކުރާށެވެ. އަދި ފެންވަރާއިރު ބޮޑަށް ދާހިއްލާ ހިސާބު ދެ ފަހަރަށް ދޮވެ ސާފު ކުރާށެވެ. ރެއަކާ ދުވާލު މަދުވެގެން ދެ ފަހަރު ދަތް އުނގުޅާށެވެ. ގަވާއިދުން އިސްތަށިގަނޑު ދޮވެ ސާފުކޮށް ބަހައްޓާށެވެ.

* ބައެއް ކަހަލަ ކެއިން ބުއިމާ ދުރުވާށެވެ. ގައިން ނުބައިވަސް ދުވާނެ ކަމަށް ގަބޫލު ކުރޭ ކާނާ ކެއުމާ ދުރުވާށެވެ. އަދި އަލަނާސި، ސެލެރީ، ޔޯގަޓް، ޓްރަފްލް ކަހަލަ ގައިގެ ވަސްމީރު ކަހަލަ ކާނާ ކާށެވެ.

* ދޮވެ ސާފުކޮށްފައި ހުންނަ އަންނައުނު ލާށެވެ. މާގިނައިން ނުދޮވެ އެއް ހެދުމެއް ލާނަމަވެސް ނުބައިވަސް ދުވާނެ އެވެ. ކޮންމެ ދުވަހަކުވެސް ދޮވެ އިސްތިރިކޮށްފައި ހުންނަ ހެދުން އަޅަން އާދަކުރާށެވެ.

* ބައެއް މީހުންގެ ގައިން ނުބައިވަސް ދުވުމަކީ ގުދުރަތީ ގޮތުން ދިމާވާ ކަމެކެވެ. ވީމާ މިފަދަ މީހުން އެންޓި-ޕާސްޕިރަންޓް، ޑިއޮޑްރަންޓް ފަދަ އެއްޗެއްގެ ބޭނުން ހިފަން ޖެހޭނެ އެވެ.